ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އަޅުމަށް ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

 

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އިމާރާތްކުރުމަށް  ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އަލަށް އިމާރަތްކުރުމަށް ހަވާލުކުރި މިސްކިތަކީ ވަގުތީ މިސްކިތެއްކަމަށާ މި މިސްކިތް އިމާރަތްކުރުމަށް ހަވާލުކޮށްފައިވަނީ 35 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށްކަމަށެވެ.
މިއީ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ދެވަނަ މިސްކިތެވެ.

ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ  އެއްފަހަރާ 600 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއްކަމަށް ވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

 

މި މިސްކިތުގގައި ފިރިހެނުންގެ އިތުރުން އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް