ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެނަކު ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

 

 

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތެކި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެނަކު ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.

ކޯޓުން ދޫކޮށްލާފައި ވަނީ 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި މިދިޔަ މަހުގެ ދެ ވަނަ ދުވަހު ހައްޔަރުކުރި ބްރެޒިލްގެ ދެމީހުންގެ ތެރެއިން އަންހެން މީހާއެވެ.

ނައިރު ނޫނެސް ޑިސޫޒާ (37އ)  ނަމަކަށް ކިޔާ  މިއަންހެން މީހާއާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ހަމަ އެގައުމުގެ ފިރިހެނެއް ކަމަށްވާ ކްރިސްޓިއާނީ ސިލްވާ (28އ) ވެސް މި މައްސަލައިގައި ހައްޔަރުކުރިއެވެ. އެމީހުން ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތިބި ކަސްޓަމްސް އޮފިސަރުން އެ މީހުންގެ ލަގެޖު ބަލައި ފާސްކުރުމަށްފަހު އެމީހުންގެ އަތުން މަސްތުވާތަކެތި ފެނިގެންނެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ އެ ދެމީހުން އަތުން ފެނުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ޓެސްޓުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އަދި  އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 18.857 ކިލޯގެ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 94 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން އެ ދެމީހުން ހައްޔަރުކޮށް އަންހެންމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެއްވެސް ޝަރުތަކަކާއި ނުލައި އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެ އަންހެން މީހާ ދޫކޮށްލާފައި މިވަނީ އޭނާ ބަންދުގައި ހުންނަތާ 29 ދުވަސް ފަހުންނެވެ.

މިމައްސަލައިގައި ދެން ހައްޔަރުކުރި ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މީގެކުރިން އޭނާ ކޯޓަށް ހާޒިރުކުރުމުން ފިރިހެން މީހާ ވަނީ ލަގެޖުގައި ހުރި ތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް އިންކާރުކޮށްފަ އެވެ.

އެކަމަކު މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުން ވަނީ ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް