ރައީސް އެމެރިކާގެ ރައީސް އިމްތިޒާމްކުރެއްވި ސަމިޓެއްގައި ބައިވެރިވެވަޑައިގަންނަވައިފި

Loading

Facebook
Twitter
WhatsApp

 

 

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ވަރޗުއަލްކޮށް ކުރިޔަށްގެންދެވި ”ސަމިޓް ފޮރ ޑިމޮކްރަސީ“ ގައި ބައިވެރިވެވަޑައިގެންފިއެވެ.

ވައިޓްހައުސް އިން ވަރޗުއަލްކޮށް ބާއްވަވާ މި ހަރަކާތުގައި ގައުމުތަކުގެ ވެރިންނާ، އެންމެ އިސް ލީޑަރުންގެ އިތުރުން މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ސަމިޓުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަކީ ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަނިޔާވެރިކަން ހުއްޓުވުމާއި، ކޮރަޕްޝަން ނައްތާލުމާއި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމަށް ބާރުއެޅުމާއި، ދުނިޔޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް އަޑުއަހާ، އެވާހަކަތައް ދެއްކުމުގައި ޤައުމުތަކުން އިސްނަގައިގެން އެކަންކަމާމެދު މަޝްވަރާކުރުމެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަދުގެ ދުނިޔޭގައި ޑިމޮކްރަސީގެ މުހިންމުކަމާއި،ގައުމުތަކުގެ ހަމަޖެހުމަށް ޑިމޮކްރަސީގެ ސަބަބުން ލިބިފައިވާ ހިތްވަރަށް އަލިއަޅުވާލާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގައި މިހާރު މި ފެންނަ ހަމަޖެހުން ގާއިމުކުރެވިފައި ވަނީ އެއްގައުމު އަނެއްގައުމާއި ގުޅިގެން މަސައްކަތްކުރުމުން ކަމުގައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް