ހދ އަތޮޅު ކައުންސިލުން މަސްވެރިންގެ ދުވަހާއި ގުޅިގެން އަތޮޅުގެ ރަށްތަކަށް ފައިސާގެ އެހީވާން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

މަސްވެރިންގެ ދުވަހާއި ގުޅިގެން ހދ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް ފައިސާގެ އެހީ ވާން ނިންމައިފިއެވެ.

ހދ. އަތޮޅު ކައުންސިލުން ބުނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ރަށްތަކަށް ފައިސާގެ އެހީތެރިކަމެއް ދޭންނިންމީ ދުވަސްވަރުގެ ހާލަަތަށް ބަލާއިރު މަސްވެރިންގެ ދުވަހާއި ގުޅިގެން ބޮޑު ހަރަކާތެއް ބޭއްވެން ނެތުމުން ރަށު ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އަތޮޅުގެ ކޮންމެ ރަށަކަށް ދިހާ ހާސް ރުފިޔާ ދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފަ އެވެ.

ކައުންސިލުން ބުނީ މި ފައިސާގެ އެހީ ދެނީ މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭނުންވެ، ރަށްތަކުގެ ކައުންސިލުން ކުރިއަށްގެންދަން ބޭނުންވާ ހަރަކާތެއްގެ ޕްރޮޕޯސަލް ހުށައަޅުމުން ކަމަށެވެ. އަދި މި ޕްރޮޕޯސަލް މާދަމާ  މެންދުރު 12:00ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އަތޮޅު ކައުންސިލުން ބުނެއެވެ.

އަތޮޅު ކައުންސިލްގެ މި ނިންމުމާއެކު އެ އަތޮޅުގެ ގިނަ ރަށްތަކެއްގައި އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތްތައް ހިންގާނެ ކަމަށް ވެސް ވަނީ އިއުލާންކޮށްފައެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު 10 ވަނަ ދުވަހެވެ. ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް މި އަހަރު ކ ގާފަރުގައި ބާއްވަން ނިންމާފައިވާއިރު، ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަސް މިފަހަރު މާލެއާ ކައިރި ސަރަހައްދެއްގައި ފާހަގަކުރަން ނިންމީ ކޮވިޑުގެ ސަބަބުން ހަރަދުކުޑަ ކުރުމުގެ ގޮތުންކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް