ހދ. ވައިކަރަދޫގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެރަށު ސުކޫލުގެ ބިދޭސީ ޓީޗަރަކު މިއަދު ފިހިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި އަލިފާނުގެ ހާދިސާގައި އަނިޔާވެފައިވަނީ ސްކޫލުގައި އިނގިރޭސި ކިޔަވައިދޭ އިންޑިއާ ފިރިހެން ޓީޗަރަކަށެވެ. މި ހާދިސާގައި ޓީޗަރަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. އެގޮތުން އޭނާގެ މޫނާއި ދެއަތް ވަނީ ވަރަށް ބޮޑަށް ފިހިފައިވާއިރު ގައިގެ އެހެން ބައެއް ތަންތަނަށް ވެސް އަނިޔާ ވެފައިވާ ކަމަށް ވެއެވެ.
އަނިޔާވި ޓީޗަރަށް މިހާރު އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ރަށު ކައުންސިލުން ބުނީ އަލިފާނުގެ މި ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުރުމުން އެ ޓީޗަރު އެކަން ރަނގަޅު ކުރުމަށް އުޅުމުގެ ތެރޭގައެެވެ.
މި ހާދިސާގައި އަނިޔާވި ޓީޗަރަށް މިހާރު އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.