ނަފްރަތު ބިލު ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

 

އާއްމު ތަނެއްގައި ވަކިމީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅުމީހެއްކަމަށް ބުނެ ތުހުމަތުކުރުން ފަދަ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު  މަޖިލީހުން ފާސްކޮށްފި އެވެ

 

ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު ކޮމިޓީން ބިލު ހުށަހަޅައިފައިވަނީ ގާނޫނުލް އުގޫބާތަށް ގެންނަން ފެންނަކަމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ހުށަހެޅި އިސްލާހާ އެއްކޮށްލުމަށްފަހުގައެވެ.

ކޮމިޓީން އެ ދެ ބިލު ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 50 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މި ދެ ބިލަކީ ވެސް ސަރުކާރުގެ ފަރާތުން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ދެ ބިލެވެ.

ނަފްރަތު ބިލު ފުރަތަމަ ހުށަހެޅި އިރު ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ލޭބަލް ކުރުމާއި އަދި އާންމު ތަނެއްގައި މުސްލިކަމަށް ކާފަރަކަށް ގޮވުން ކުށަކަށް ހަދަން ހުށަހަޅުއްވައިފައި ވެއެވެ.

ނަމަވެސް ގިނަ ބައެއްގެ ފާދުކިއުން ބިލަށް އަމާޒުވެ ބިލާ ދެކޮޅަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ނުކުތުމާއި ގުޅިގެން  މަޖިލީހުގެ ތަޅުމުން އެ ބިލު ފާހެއް ނުވި އެވެ.

 

ކޮމިޓީން ހިސާން ބިލު އިސްލާހު ކުރި އިރު މުސްލިމަކާ ދިމާލަށް ކާފަރަކަށް ގޮވުން ކުށަކަށް ވާނެ ގޮތާއި ވަކި މީހަކީ އިސްލާމް ދީނާ ދެކޮޅު އަދި އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ބުނުން ނުވަތަ ސިފަކުރުން ކުށަކަށް ވާނެގޮތް ތަފްސީލު ކޮށްދީފައި ވެއެވެ.
އެގޮތުން އެ މީހަކު ފާޅުތަނެއްގައި މުރުތައްދުވެ ނުވަތަ ކުފުރުގެ ބަހެއް ފާޅުގައި ބުނެ، އެއަށް އަމަލު ނުކުރާ ހާ ހިނދަކު އެ މީހަކު ކުފުރުވި ކަމަށް ނުބުނެވޭނެއެވެ.

ހަމައެހެންމެ އެކި ވާހަކަތަކާއި ކަންކަމާމެދުގައި ގުރުއާނާއި ސުންނަތުގައި ވާ ކަންކަން ބަޔާން ކުރުމަށް ހުރަސް ނޭޅޭނެ ފަދަ އިސްލާހެއް ވެސް ހިމަނައިފައިވެއެވެ.

އަދި ކޮމިޓީން ވަނީ ބިލުގައި އިސްލާމްދީނަށް ކުޑައިމީސް ބަސް ބޭނުން ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ބަޔާންކޮށްފައެވެ.

އެ އިސްލާހުގައި ވާ ގޮތުން މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނު ކުރުމުގެ

ނިޔަތުގައި ބަހުން ނުވަތަ އަމަލުން، މާތް ﷲ އާ މެދު ނުވަތަ ގުރުއާނާ މެދު ނުވަތަ ކީރިތި ރަސޫލާ އާ މެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތުން ނުވަތަ އިސްލާމް ދީނާ މެދު ދޮގު މައުލޫމާތު ފެތުރުން ނުވަތަ އެފަދަ އަމަލެއް ކުރުމުގައި ބައިވެރިވުމަކީ ކުށެކެވެ.

މީގެ އިތުރުން ބިލުގައި ބޭނުން ކޮށްފައިވާ ބައެއް ބަސްތައް މާނަކޮށްފައި ހުންނާނެ ގޮތް ވެސް ވަނީ ކިޔައިދީފައެވެ. އެގޮތުން އާންމު ތަންތަނުގެ ގޮތުގައި، ޓީވީއާއި ރޭޑިއޯ ފަދަ އަދި ފޯނާއި މީސް މީޑިއާއާއި ހަބަރުފަދަ މުއާސަލާތީ ވަސީލަތްތައް ވަނީ ހިމަނައިފައެވެ.

ބިލުގައި ”ކުފުރުގެ ބަސް“ ނުވަތަ ”ކުފުރުގެ އަމަލު“ ކަމަށް ބުނެފައި ވަނީ، އަހުލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި ވަކި އަމަލަކީ ކުފުރުގެ އަމަލެއް ކަމާމެދު ނުވަތަ ވަކި ބަހަކީ ކުފުރުގެ ބަހެއް ކަމާމެދު ޚިލާފެއް ނެތް އަމަލަށާއި ބަހަށެވެ.

Loading

2 Responses

  1. ޔާމީނު ވެރިކަމުގައި ފާސްކުރި ނޫސްވެރިކަން ހސނިކުރާ ގާނޫނު ކަމަށް އެމްޑީޕީ މީހުން ގޮވި އަދި ވެރިކަން ލިބިގެން ސާލިހު އުވާލި ބިލު 100% ރަނގަޅުކަން ޔަޤީން ވެއްޖެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް