މިޕްކޯއިން މަސައްކަތު ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއްފަށަނީ

Loading

Facebook
Twitter
WhatsApp

 

މަސައްކަތު ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ން ހުޅުވާލައިފިއެވެ.

މިފްކޯއިން ބުނީ މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި އަމަލީގޮތުން އުޅެމުން ސެޓްފިކެޓުތަށް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ޕްރޮގްރާމެއްކަމަށެވެ. އެގޮތުން މި ޕްގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ސެޓްފިކެޓް ލެވެލް ތިނެއްގެ ސެޓްފިކެޓް ހާސިލު ކުރެވޭނެކަމަށްވެސް މިފްކޯއިން ބުނެއެވެ.

ހަ މަސް ދުވަހުގެ މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު 3000 ރުފިޔާގެ އެލަވަންސްއެއް ދިނުމަށް ވަނީ ނިންމާފައެވެ.

 

މިފްކޯއިންވަނީ މަސައްކަތު ހުނަރު ދަސްކޮށްދިނުމަށް ފަސް ދާއިރާއަކުން ފުރުސަތުތަށް ހުޅުވާލާފައެވެ.

ހުޅުވާލާފައިވާ ފުރުސަތުތަކަކީ:

ވެލްޑަރުން- 4 ސްލޮޓް

އޮޓޮމެޓިވް މެކޭނިކް- 3 ސްލޮޓް

މެރިން މެކޭނިކް- 3 ސްލޮޓް

ރެފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކް- 5 ސްލޮޓް

ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރު- 3 ސްލޮޓް

މި ޕްރޮގްރާމްގައި މަސައްކަތްކުރަން ޖެހެނީ، ކޫއްޑޫ، ފެލިވަރު، ކަނޑުއޮތްގިރި އަދި އައްޑޫސީޓީގައެވެ.

މިފްކޯއިން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21ވަނަ ދުވަހުގެ އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭނެކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް