އައު އޮއިވާލި ކަނދުފައްޗެއް އައްޑޫ ސިޓީ ސަރަހައްދުގައި ހަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

އައްޑޫ ސިޓީ ސަރަހައްދުގައި ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފައްޗެއް ފިޝަރީޒް މިނިސްޓްރީން އަލުން ހަރުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަނޑައިގެންދިޔަ އައްޑޫ ސިޓީ މަރަދޫ މަސްކަނދުފަތީގެ ބަދަލުގައި އައު ކަނދުފައްޗެއް އަޅާފައިވާކަމަށާ ކަނދުފަތި އަޅާފައިވަނީ ކުރިންވެސް ކަނދު ކުރިންވެސް އޮތްތަނުގައި ކަމަށެވެ.

“ ކަނޑައިގެންދިޔަ ސ. މަރަދޫ މަސްކަނޑުފަތީގެ ބަދަލުގައި އައު ކަނދުފައްޗެއް ސ. ވިލިނގިލީ އިރުން 15 މޭލު ބޭރުގައި މިއަދު އަޅައިފިއެވެ. މިއީ މަރަދޫ ކަނދު ކުރިންވެސް އޮތްތަނެވެ.“ މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮއިވާލި ކަނދުފަތިތައް ހަރުކޮށްފައިވާއިރު މި ކަނދުފަތިތަކަށް ބަދަލުގެނެސް އަމިއްލައަށް ފަރުމާކުރާ މައްސަލަތައް ދިމާވަމުން ދިއުމާއި އެފަދަ ކަންކަމުގެ ސަބަބުން ކަނދުފަތިތައް ކަނޑައިގެން ދިއުމުގެ މައްސަލަތައް ދިމާވާތީ އެކަން އެގޮތަށް ކުރާ ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ދާދި ފަހުން އިއުލާންކޮށްފައެވެ.

ދޮށީގެ މަސްވެރިކަމަށް ހާއްސަ ކޮށްގެން ރާއްޖޭގައި މިވަގުތު 56 ކަނދުފަތި އަޅާފައިވެއެވެ.

މަސްވެރިކަމުގެ ލާބަޔާއި މަންފާއަށް އެންމެ ފުރަތަމަ ސަރުކާރުން އޮއިވާލި ކަނދުފަތި ހަރުކުރީ 1980 ވަނަ އަހަރުއެވެ. މީގެސަބަބުން ދޮށީގެ މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި މަސްވެރިން ކުރަންޖެހޭ ހަރަދު ކުޑަވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް