ވިހެއުމުގެ ތެރޭ ކޮނޑު ތާށިވެގެން މަރުވި ކުއްޖާގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

Loading

Facebook
Twitter
WhatsApp

 

 

ވިހެއުމުގެ ތެރޭ ކޮނޑުތާށިވެގެން މަރުވި ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަ( އޭއީއެޗް)ން ބުނި ކުއްޖާގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މިމައްސަލަ ފުލުހަށް ހުށަހަޅާފައިވަނި އެކުއްޖާގެ އާއިލާއިން އިއްޔެގެ ވަގުތެއްކަމަށާ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އޭއީއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ތުއްތު ކުއްޖާ ނިޔާވެފައިވަނީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ ކުއްޖާ ސަލާމަތްކުރަން އެ ހޮސްޕިޓަލުން މަސައްކަތް ކުރިކަމަށާ ނަމަވެސް ކާމިޔާބު ނުވީ ކަމަށެވެ.

އަދި މިފަދަ ކޮންމެ މައްސަލައެއް ފެންމަތިވުމުން ވެސް އެކަމެއް ބަލައި، ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅު ކުރަމުން އަންނަ ކަމަށްވެސް އޭއީއެޗްން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް