ވެލާގެ " ފެހިކުރަމާ" ޕްރޮގްރާމް ފަށައިފި

Loading

Facebook
Twitter
WhatsApp

 

ވެލާ އައިލެންޑް ރިސޯޓުން  ”ފެހިކުރަމާ“ ނަމުގައި ކުނީގެ މައްސަލަ ހައްލުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ނ.އަތޮޅުގައި މި ޕްރޮގްރާމް އިއްޔެ އިފްތިތާހު ކޮށްފައިވާއިރު ވެލާއިން ބުނީ މިއީ ވެލާ ރިސޯޓުގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާ މި މިޕްރޮގްރާމްގެ ދަށުން ކުނި އުފައްދާ މިންވަރު މަދުކުރުމަށް ބާރުއަޅައި ތިމާވެއްޓާ ރައްޓެހި މާހައުލެއް ގާއިމު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ފެހިކުރަމާ ޕްރްގްރާމްގެ ދަށުން ސްކޫލް ކުދިންނާއި އާއްމުން ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ރިސޯޓުން މައުލޫމާތު ދެއެވެ. އެގޮތުން ސްކޫލް ކުދިންނަށް ހާއްސަ ސެޝަންތަކާއި ބެލެނިވެރިންނަށް ހާއްސަ ސެޝަންތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިސެޝަންތަކުގައި މަދުން ކުނި އުފެއްދުމަށާއި ކުނީގެ ގޮތުގައި ހުންނަ ތަކެތި އަލުން ބޭނުންކުރެވިދާނެ ގޮތްތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރަމްގެ ސަބަބުން ގޭބިސީތަކާއި ހިސާބުން ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ވެލާއިން ދެކެއެވެ.

މި ޕްރޮގްރާމް އެންމެ ފުރަތަމަ އަމާޒުކޮށްފައިވަނީ ނ.އަތޮޅުގެ 13 ރަށަށެވެ. ޕްރޮގްރާމް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނ. އަތޮޅު ކައުންސިލް ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ ތަރައްގީގެ ކަންކަން އެކުލަވާލާއިރު ކުނިމެނޭޖް ކުރެވޭނެ ގޮތްތަކަށް ކަންކަން ކަން އިންތިޒާމް ކުރަން ޖެހޭ ކަމަށެވެ.

ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި ތިމާވެއްޓަށް ލޯބިކުރާ ޖަމިއްޔާ ތަކުންވެސް އަންނަނީ އެކި ހަރަކާތައްބާއްވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް