ތިލަފުށީގެ ބިންތައް ގަވާއިދާހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނަން: އެޗްޑީސީ

Loading

Facebook
Twitter
WhatsApp

 

ކ. ތިލަފުށީގެ ބިން ގަވާއިދާ ހިލާފަށް ބޭނުން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން ބުނީ ތިލަފުށީގެ ބިމަކީ އެކި ވިޔަފާރިތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތައް ކަމަށާ އެރަށުން ވަގުތީ އަދި ދާއިމީ ގޮތެއްގައި ވެސް ބިން ދޫކުރަނީ އެ ވިޔަފާރިއަކާއި އެޗްޑީސީއާ ދެމެދު ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އެޗްޑީސީން ބުނާގޮތުގައި އެ ކޯޕަރޭޝަނާ އެކުވާ އެއްބަސްވުމާ ހިލާފަށް ބައެއް ފަރާތްތަކުން އަންނަނީ އަމަލުކުރަމުންނެވެ. އަދި އެފަރާތްތަކުން އެއްބަސްވުމާއި ހިލާފަށް ކުރަމުން އަނަން އެކި އެކި ކަންކަމުގެ ސަބަބުން އާއްމު މަސްލަހަތު ގެއްލި، ބައެއް ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެކޯޕަރޭޝަނުން ބުނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި އަމަލު ކުރަން ޖެހޭ ގޮތް ކަނޑައަޅާފައި ވާނެ ކަމަށާއި އެ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އެއްބަސްވުން ބާތިލު ކުރެވޭނެކަން އޭގައި ބަޔާންކޮށްފައިވާނެކަމަށެވެ. އަދި އެއްބަސްވުމާ ހިލާފަށް އަމަލުތައް ބަހައްޓައި އެ އެފަދަ އަމަލުތައް ތަކުރާރު ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެޗްޑީސީން ވަނީ ދިފައެވެ.

”މީގެ ފަހުން މިފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާ މެދު ހެދިފައިވާ އެއްބަސްވުމުގެ ތެރެއިން މި ކޯޕަރޭޝަނަށް އެޅެންހުރި ގާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ“ އެޗްޑީސީން ނެރެފައިވާ އިއުލާނުގައި ބުނެފައި ވެއެވެ.

ތިލަފުށީގައި ބިން ގަވާއިދާ ހިލާފަށް ބޭނުންކުރާ މައްސަލަ އަކީ އެރަށުގައި ބިންހިފައިގެން އުޅެ ބައެއް ވިޔަފާރަވެރިން އާންމުކޮށް ކަންބޮޑުވުން ފާޅުކުރާ މައްސަލައެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް