ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

 

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަމަ  މިސްކިތް ”މަސްޖިދް އަމީލް ޖަލީލް“ މިއަދު ހުޅުވައިފިއެވެ.

އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މި މިސްކިތް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުއްލާއެވެ.
ދެ ފަންގިފިލާއަށް 2އިމާރާތްކޮށްފައިވާ މި މިސްކިތަކީ 480 މީހުންގެ ޖާގައިގެ މިސްކިތެއްނަމަވެސް އެތެރޭގެ ޖާގައިގެ އިތުރުން، މިސްކިތުގެ ހަރިއްމަ ތެރޭގައި އިތުރު 650 ވަރަކަށް މީހުންނަށް ނަމާދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި މިސްކިތުގައި ނަމާދުކުރުމަށް ފިރިހެނުންގެ އިތުރުން އަންހެނުންނަށް ހާއްސަ ކޮށް ޖާގަ ވަނީ ކަނޑައަޅާފައެވެ.

މި މިސްކިތެއް ބިނާކުރަން އަމިއްލަ ފަރާތަކަށް އިސްލާމިކް މިނިސްޓްރީން ބިން ދޫކުރީ 2018 ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ. އެ މިސްކިތުގެ އަމަލީ މަސައްކަތް ފެށީ އެއަހަރުގެ ނޮވެމްބަރުމަހުއެވެ.

”އިންސައިޑް ޕްލަސް“ އިން ޑިޒައިން ކޮށް ޒާން ކޮންސްޓްރަކްޝަން ކޮމްޕެނިން އިމާރާތްކުރި މި މިސްކިތް އިމާރާތްކޮށްފައިވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހި ފެށޭ ސަރަހައްދާއި ހިޔާފްލެޓާ ދެމެދުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް