ކުޑަ އާބާދީ ރަށްތަކުން މީހުން ބަދަލުކުރުމުގެ ވިސްނުމެއް ނެތް: މިނިސްޓަރު އަސްލަމް

Loading

Facebook
Twitter
WhatsApp

 

ކުދި ރަށްތަކުގައި ދިރިއުޅޭ މީހުން އެހެން ރަށްރަށަށް ބަދަލުކުރުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަޒީރާއި ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ ކުޑަ އާބާދީތަކުގައި ތިބި ރައްޔިތުން އެހެން ރަށްތަކަށް ބަދަލު ކުރުމުމުގެ ވިސްނުން ގެންގުޅުއްވަންތޯ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުއްލާ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިސަރުކާރުން އެއްވެސް ރަށެއްގެ ރައްޔިތުން އެއްރަށުން އަނެއް ރަށަށް ބަދަލު ކުރުމުގެ ވިސްނުމެއް ނުގެން ގުޅޭކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުދި ތަކުގައި ދިރިއުޅޭ ރަށްޔިތުން އެހެން ރަށްތަކަށް ބަދަލުކުރުމުގެ ބަދަލުގައ އެ ރަށްތަކުގެ ރަށްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ވަސީލަތްތައް ހޯދައިދީ  އާމްދަނީ ހޯދޭނެ ގޮތް ފަހި ކުރުންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަކީ ސަރުކާރުގެ ވައުދެއްކަމަށާ ސަރުކާރުގެ އަމާޒަކީ ކުދި އާބާދީތަކަށްވެސް ވަސީލަތްތައް ފުރިހަމަކޮށް، އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުން ކަމަށެވެޒ

ކުޑަ އަބާދީތަކަކީ އެރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުގައި ތިބެގެން ބޮޑެތި މަންފާތަކެއް ލިބޭނެ ވަރުގެ ގުދުރަތީ ވަސީލަތްތަކާއި، ހިތްގައިމު މާހައުލެއް އޮތް ރަށްތަކެއްކަމަށް ފާހަކޮށް މިނިސްޓަރު ވަނީ ވަކިވަކި ތަށްތަކެއް މިސާލެއްގޮތުގައި ނަންގަވައިފައެވެ

އެގޮތުން މިސާލެއްގެ ގޮތުގައި މިނިސްޓަރު އަސްލަމްވަނީ އއ.އުކުޅަހާއި، ކ.މާފުށީގެ ނަންފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އެ ރަށްތަކަކީ  މީގެ ކުރިން މާބޮޑު ކަމެއް އިގްތިސާދެއް އޮތް ރަށްތަކެއްގެ ގޮތުގައި ފާހަގަ ވެފައިވާ ރަށްތަކަށް ނުވި ނަމަވެސް އެ ރަށްތަކަކީ މިއަދު ފުދުންތެރިކަން އެންމެ ބޮޑު، އަދި އެންމެ ބޮޑު އިގްތިސާދެއް އޮތް ރަށްތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ ރަށްތަކެއް ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް