ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން މޫދު ކުޅިވަރު ހަރަކާތްތަކެއް ފަށްޓަވައި ދެއްވައިފި

Loading

Facebook
Twitter
WhatsApp

 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ”ބާރ 2000 ފަރަމަންތާ ޗެލެންޖް 2021“ ނަމުގައި ބާއްވާ މޫދު ކުޅިވަރު ހަރަކާތްތަކެއް ފަށްޓަވައިދެއްވައިފިއެވެ.

މިއަދު ހެނދުނު ރަސްފަންނު ބީޗުގައި މި ހަރަކާތްތައް ފަށްޓަވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފުރަތަމަ ދަންފަޅީގެ އެކި ގްރޫޕްތަކުން ބައިވެރިވި ފެތުންތެރިންގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ޓީމުތަކާއި ފެތުންތެރިންނަށް އިނާމުހަވާލުކޮށްދެއްވާފައެވެ.

ބާރ2000 ފަރަމަންތާ ޗެލެންޖް 2021އަކީ އޯޕަން ވޯޓަރ ސްވިމިންގ، ސާފިން އަދި ބޮޑީ ބޯޑިންގ މުބާރާތްތައް ހިމެނޭ ގޮތަށް ބާއްވާ ކުޅިވަރު ހަރަކާތްތަކެކެވެ.   މި ހަރަކާތްތަކުގައި އަންހެން އަދި ފިރިހެން ބައިވެރިން އެކި ކެޓެގަރީތަކުން ބައިވެރިވެއެވެ.

މި ހަރަކާތުގެ ތެރެއިން އޯޕަން ވޯޓާ ސްވިމިން ފަށާފައިވަނީ ރަސްފަންނު ފަރުންނެވެ. ސާފިން އަދި ބޮޑީ ބޯޑިންގ ފަށާފައިވަނީ ވަރުނުލާ ރާޅުގަނޑު ސަރަހައްދުންނެވެ.

މި ހަރަކާތަކީ އެޗްއެސްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރާ ޕްރިމިއާ ކޮފީ ބޮރޭންޑް ބާރ2000 އިލެގީ އިން ހަރަދުކޮށް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް