ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދައްކައި ފޭރިގެންފި

Loading

Facebook
Twitter
WhatsApp

 

ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދައްކައި ފޭރުނު މައްސަލަ އެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ޑްރައިވަރަށް ބިރުދައްކާފައިވާ މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ  ހޮނިހިރު ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޑްރައިވަރަށް ބިރުދައްކާފައިވަނީ  މާލޭގެ މަޖީދީ މަގުން ހުޅުމާލެ ދިއުމަށް ޓެކްސީ އަކަށް އެރި ދެ މީހުންކަމަށްވެއެވެ.  އެ ދެމީހުން ވަޅިން ޑްރައިވަރަށް ބިރުދައްކައި އޭނާގެ އަތުން 700 ރުފިޔާ ފޭރިގެންފައިވާކަމަށް ވެއެވެ.

މި ހާދިސާގައި ޓެކްސީ ޑްރައިވަރަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވެއެވެ.
ފޭރުމަށް ފަހު އެ މީހުން ކާރުން ފައިބައިގެން ދިޔައީ ކަމަށް ޑްރައިވަރާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
މީގެ ކުރިންވެސް ހުޅުމާލޭގައި ޑްރައިވަރަކު ފޭރިގަތުމަށް އޭނާ އަށް ވަޅިން ހަމާލާދީ މަރާލާފައިވާ ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ. އެ ހާދިސާ ހިނގާފައިވަނީ 2019 ވަނަ އަހަރުތެރޭގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް