ހިޔާފްލެޓްގެ ދަރިވަރުންނަށް ޖާގަ ދިނުމަށް ހުރަވީ ސްކޫލް ދެ ދަންފަޅިއަށް ބަދަލުކުރަނީ

Loading

Facebook
Twitter
WhatsApp

 

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ކުދިންނަށް ޖާޖަ ދިނުމަށް ހުރަވީ ސްކޫލްގައި ދެ ދަންފަޅިއަށް ކިޔަވައި ދިނުމަށް ނިންމައިފިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ހުރަވީ ސްކޫލަކީ ހުޅުމާލޭ ދެ ވަނަ ފިޔަވައްސާއި އެއްމެ ކައިރީހުރި ސްކޫލެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހިޔާ ފްލެޓްތަކަށް ގިނަ އާއިލާތަކެއް ބަދަލުވަމުންދާއިރު އެއާއިލާތަކުގައި އުޅޭ ދަރިވަރުން ދުރު ސްކޫލްތަކަށް ދާންޖެހުން ވީހާވެސް އަވަހަކަށް ހައްލުކުރަން އެމިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށާ އެގޮތުން ހުރަވީ ސްކޫލް ދެ ދަންފަޅިއަށް ބަދަލުކޮށް ހިޔާފްލެޓުގައި ދިރިއުޅޭ ދަރިވަރުންނަށް ޖާގަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެޑިއުކޭޝަނުން މަސައްކަތް ކުރަމުން އަންނަނީ ދެން އަންނަ ޓާމަކަށް ހުރަވީ ސްކޫލް ދެ ދަންފަޅިއަށް ބަދަލުކުރެވި އެ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ޖާގަ ދިނުމަށެވެ.

އެ ސްކޫލު ދެ ދަންފަޅިއަށް ބަދަލުކުމުން  އިތުރު 1000 ޖާގަ ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ހުރަވީ ސްކޫލްގައި މިހާރު 1600 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

2019 ވަނަ އަހރު ހުޅުވި ހަތް ބުރީގެ ތިން ބްލޮކް ހިމެނޭ މި ސްކޫލަކީ އެއްފަހަރާ 1450 ކުދިންނަށް ކިޔަވައިދޭނެ ޖާގައިގެ ސްކޫލެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްގެ ހުރިހާ ބުރިއަކަށް ވެސް ފަސޭހަކަމާ އެކު އެރޭނެ ގޮތަށް އިމާރާތުގެ ރޭމްޕެއް ހަދައިފައިވާއިރު މި ސްކޫލުގައި އަރައި ފޭބުމަށް ދެ ލިފްޓް ވެސް އހުރެ އެވެ.

ހިޔާ ފްލެޓްތަކުގައި އުޅޭ ކުދިންނަށް ހުރަވީ ސްކޫލުން  ޖާގަ ދިނުމަށް ނިންމާފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލް އިމާރާތް ކުރުމުގެ އަމަލީ މަސަކަތް މިހާރުވަނީ ފަށާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް