ގިނަ އަދަދެއްގެ ޑްރޯންތަކެއްގެ ކޮންޓްރޯލްގެއްލި އާންމުންގެ ތެރެއަށް ވެއްޓިއްޖެ

Loading

Facebook
Twitter
WhatsApp

 

 

ޗައިނާގައި ކުރިއަށްގެންދިޔަ ޑްރޯން ޝޯއެއްގައި ގިނަ އަދަދެއްގެ ޑްރޯންތަކެއް ކޮންޓްރޯލް ގެއްލި އާންމުންގެ ތެރެއަށް ވެއްޓިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 200 އަށްވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން  ޝޮޕިން މޯލް ބިލްޑިންއެއްގެ މަތީގައި ކުރިއަށްގެންދިޔަ ޑްރޯންޝޯގެ ބައެއް ޑްރޯންތަކުގެ ކޮންޓްރޯލް ނެއްޓި ވެއްޓެންފެށީ ކުއްލި އަކަށެވެ.

 

މި ޑްރޯން ޝޯގައި ގިނަ އަދަދެއްގެ ޑްރޯންތައް ކޮންޓްރޯލުން ނެއްޓި ބިމަށް ވެއްޓޭ މަންޒަރު ފެންނަ ގިނަ އަދަދެއްގެ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ދިއްލާފައިވާ ގިނަ އަދަދެއްގެ ޑްރޯންތަކެއް ވެއްޓި ބިލްޑިން ތަކުގައާއި މަގުތަކާއި އުޅަދުތަކުގައި އަދި ޕާކްތަކަށް ވެއްޓޭ މަންޒަރު ފެނެއެވެ.

އެ ސަރަހައްދަށް ކުޑަކުދިންނާ އެކު ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވާއިރު ބައެއް މީހުންގެ ގައިގައި ވެސް ޑްރޯން ތަކުން ޖެހިފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ސަރަހައްދަށް 5000 އަށްވުގެ ގިނަ މީހުން އެގަޑީގައި އެއްވެފައިވާއިރު އެއްވެސް މީހަކަށް އަނިޔާވެގެން ރިޕޯޓް ކޮށްފައި ނުވެއެވެ. ނަމަވެސް އެއްވެފައި ތިބި ބައެއް މީހުންނާ ހަވާލާދީ ނޫސް ރިޕޯޓްތަކުން ބުނެފައިވަނީ އެހާގިނަ ބަޔަކު ކުޑަކުދިންވެސް ހިމެނޭހެއް އެއްވެފައި ތިއްބާ ޑްރޯންތަކެއް މަތިން ވެއްޓޭތަން ފެނުން ވެގެންދިޔައީ ބިރުވެރި އިހުސާސްތަކެއް ކުރުވި ކަމެއްކަމަށެވެ. ނަމަވެސް ޑްރޯން ޝޯއިން ހިތްހަމަޖެހުން ލިބުނުކަމަށް އެ މީހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް