ވެމްކޯއިން ކުނި ނުގެންދާނަމަ މައުލޫމާތު ހިއްސާކުރުމަށް ނަންބަރެއް އާންމުކޮށްފި

89

 

ވެމްކޯގައި ކުނި ނަގަން ރަޖިސްޓްރީ ކޮށްފައިވާ ގެއަކުން ކުނި ނުނަގާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ނަންބަރެއް  ތައާރަފް ކޮށްފި އެވެ.

ކުނި ނުނަގާ ހުރިނަމަ ގުޅުމަށް އެ ކޯޕަރޭޝަނުން ތައާރފްކުރީ ވައިބާ  ހޮޓްލައިން ނަންބަރު 7998047 އެވެ. ވެމްކޯއިން ބުނީ އެ ނަންބަރަށް ވައިބާއިން މެސެޖް ކުރެވޭނެ ކަމަށާ، މެސެޖްކުރާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުގެ އިތުރުން ވެމްކޯ އެކައުންޓް ނަންބަރާއި ގޭގެ ފުރިހަމަ ނަން ޖަހަންޖެހޭނެ ކަމަށެވެ.

ވެމްކޯ އިން ހޮޓްލައިނެއް ތައާރަފްކޮށްފައި މިވަނީ ކުނި ނެގުމަށް އެ ކޯޕަރޭޝަނަށް ރަޖިސްޓްރީ ކޮށްފައިވާ ބައެއް ގެތަކުން ކުނި ނުނަގާތީވެ އާންމުންގެ ޝަކުވާ ބޮޑޫވެފައި ވަނިކޮށެވެ.

ވެމްކޯ އިން ކޮވިޑްގެ ކުރިން އިމާރާތްތަކުގެ އެޕާޓްމަންޓްތަކުގެ ދޮރުމަތިން ކުނި ނެގި ނަމަވެސް ފަހުން ކޮވިޑްގެ ހާލަތު ގޯސްވުމުން ކުނި ނެގީ އިމާރާތްތަކުގެ ކުރުމަތިން މަގުމަތިންނެވެ. އޭގެ ފަހުން ކޮވިޑްގެ ހާލަތު ކުރިއަށްވުރެ ރަގަޅުވުމުން ވެމްކޯއިން ވަނީ މަގުމަތިން ކުނި ނެގުން ހުއްޓާލުމަށްފަހު މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަލުން އިމާރާތްތަކަށް ވަދެ އެޕާޓްމަންޓުތަކުގެ ދޮރުމަތިން ކުނި ނަގަން ފަށާފަ އެވެ.

 

1 ހިޔާލު

  1. kunitha saafuko Faseyha kamaai ek dhiriulheveyne thanaka migaumu hadhaadhee mihaaru kommeves sababahedhi namaves kuniukun vara bodu undhagoo kamege gothuga thajribaa kurevijje heevanee Kuni ukan gengulhey usooluthakuge massala eh kamah kuniukumah maabodu heydha eh kuran nujehey kamah WEMCO ge is beyfulhun ves vidhaalhu ey ehenveema dhaulathun rayyithun ah ehaakudakameh koh nudhevenee keeve tho rayyithunge faisaa in dhuvaalegge Macha million million rufiya beykaaru gothuga kharadhu ge gothuga heydhakuraairu e beykaarukharadhuge badhalu rayyithun ah kunikolhu ukaaladhinun ves ey kommeves varetha

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ