ފަނޑިޔާރުންނަށް ނުފޫޒު ނުފޯރުވަން ގޮވާލައިފި

86

 

 

ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ނުފޯރުވުމަށް ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާއިން ގޮވާލައިފިއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 141 ވަނަ މާއްދާގައި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

ފަނޑިޔާރުންގެ ނިންމުންތަކާއި މެދު ނުރަނގަޅު ތަސައްވަރެއް އުފެދޭގޮތަށް ހަގީގަތާއި ހިލާފު ވާހަކަ ދެއްކުމަކީ، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުން ކަމަށާއި، އެފަދައިން އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެދޭކަމަށެވެ.

ފަނޑިޔާރަކު ނިންމާ މައްސަލައަކާ ގުޅިގެން އެފަނޑިޔާރާ ގުޅޭގޮތުން ހަގީގަތެއްނެތް ވާހަކަ ސޯޝަލްމީޑިއާ އާއި އެނޫންވެސް ތަންތަނުގައި ފާޅުކޮށް، ފަނޑިޔާރުގެ މަސައްކަތާމެދު ސުވާލު އުފައްދައި ފަނޑިޔާރުންނަށް ބިރުދެއްކުމަކީ އަދުލު އިންސާފުގެ ދާއިރާއާމެދު ނުރަނގަޅު ތަސައްވުރެއް އުފެގިންދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މީގެ އިތުރު އެފަދަ އަމަލުތަކުގެ ސަބަބުން ޝަރުއީ ދާއިރާ ހަރުދަނާކޮށް އިތުބާރު ހޯދުމަށް ހުރަސްތަކެއް މެދުވެރިވެ، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައި، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ ތިބެ ނިޔާ ކަނޑައެޅުމަށް މަތިކޮށްފައިވާ މަސްއޫލިޔަތު އަދާކުރުމަށް ހުރަސް އެޅިގެންދާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

 

އެ ބަޔާނުގައި އިތުރަސް ބުނެފައިވަނީ ފަނޑިޔާރަކު ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، އިސްތިއުނާފު ކުރުމުގެ މަގު އިހްތިޔާރު ކުރުމުގެ ބަދަލުގައި ފަނޑިޔާރުންގެ ނިންމުންތަކާމެދު ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް ހަގީގަތާ ހިލާފު ވާހަކަ ދެއްކުމަކީ ފަނޑިޔާރުންގެ މަސައްކަތް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެވޭ ކަމެއް ކަމުގައި ނޫނީ ނުބެލެވޭނެކަމަށެވެ.

އަދި އެފަދަ ކަންކަމަކީ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އާއިލާގެ މެމްބަރުން ސަލާމަތާއި ރައްކާތެރިކަން ގެއްލުވައިލުމަށް ހުޅުވަދެވޭ ފުރުސަތެއްކަމަށް ދެކޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ބަޔާނެއް ބަޔާނެއް ނެރެފައި މި ވަނީ އުއްތަމަ ފަނޑިޔާރު، އަހުމަދު މުއތަސިމް އަދުނާންގެ ގެކޮޅަށް މީހަކު ވަތް މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

2 ހިޔާލުތައް

  1. ފޯރުނެ ފޯރުވިޔަ ދެއްވަންޏާ. ހިބަރު ވަދު މަތިން ހަދާންވޭތޯ؟ ޢަބުދުﷲ ގާޒީއެއްގެ ވާހަކަ އަޑު އެހިންތޯ؟ 1 ފެބްރުއަރީގެ ޙުމެކޭ ކިޔާ އަޑު އެއްސެވިންތޯ؟ ޢަލީ ހަމީދުވެ ބަނޑުފުޅު ނޭގިގެން އެވީޑީއޯ ފުޅަށް ޖޭޕީ ލީޑަރ ގާސިމު ކިއުއްވި ފަރިހި އެނގޭތޯ؟ ރިޝްވަތު ހިފަންޏާ ރިޝްވަތު ދޭނެއެވެ. އެހެނީ އެބައިމީހުން ދެކެނީ އެއީ ވިޔާފާރިއެއް ކަމަށެވެ. ސަންޓުރަވަލް ސިޔާމުގެ އަތްދަބަހުން ފެނުނު ބަނގުރާފުޅީ ޝަރިޢަތް ނިމުނު ގޮތް އެނގޭނޫންތޯއެވެ. އަދި މިގައުމުގައި ފަހުން އުފެދުން ބޮޑު ވަގ އދީބުއާއި ހެދި ޑީލް އާއި އޭނާ ލައްވާ ދޮގުހެކި ކުރީގެ ރައީސްއެއް އިންދާލުމަށްޓަކައި ހެދި ހަޑިވެސް އެނގޭނޫންތޯއެވެ. އޭނަޔަށް ހުޅުމާލޭ ޕެންޓް ހައުސްގައި ހުރެވޭގޮތްވެސް ތިބޭފުޅުންނަށް އެގޭނެއެވެ. ރިޝްވަތުގައި ހިފާފަ ދޭލެއްމަދުވެގެން ނުވަތަ ބޭނުން ވަގުތަކު ބޭނުން ކަމެއް ނުވީމާ ދެން ނިކުމެ ނޫސްބަޔާންދީ މަޝަށް ޕްރެޝަރކުރެއޭ ރިޝަވަތު ދޭންވެސް އުޅުނީބުނެ ޑިގްއަރުވަން ގޭމް ޖެއްސެވުން ހުށްޓާލައްވާށެވެ. މަޙުޝަރުގައި ޖަވާބުދާރީ ވާންޖެހޭނެކަމާމެދު ޝައްކު ކުރަނީތޯއެވެ. ސުބުޙާނަﷲ!

  2. ތީމުގެއިން މިބޭފުޅުން ނެރެފައި އެތަން 7 ސްޓާ ހޮޓަލަކަށް ހައްދަވާށެެވެ. އޭރުން ރައްޔަތުމީހާއަށް މަންފާއެއް ކުރާނެއެވެ. އަދި ދިވެހި ރާއްޖޭގެ ހައިބަތު ދައްކާލެވޭ ފެންވަރުގެ ތަނެއްގެގޮތުގައި ގުނާލެވޭނެއެވެ. އެބޭފުޅުން ރިޝްވަތުކައިގެން ނުވަތަ ޕްރެޝަރު ހައި ވެގެން އިންސާނުންނަށް ނާއިންސާފުލިބިދޭން އެފެންވަރުގައި ތިއްބަވާކަށް ހެޔޮނުވާނެއެވެ. ހުސްބިމަކުން ތަންކޮޅެއްހަދާފަ އެ ބޮޑެތި ނަންތައް ޖަހާފަ ކޯޓެއް ދެއްވާށެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ