މާލޭ ރަށްވެހިންނަށް އެހެންރަށްރަށުން ވެސް ބިން ލިބެންޖެހޭ : އަސްލަމް

Loading

Facebook
Twitter
WhatsApp

 

އަތޮޅުތަކުގެ ރަށްޔިތުންނަށް މާލެއިން ގޯއްޗާއި، ބިން ލިބޭ ފަދައިން މާލޭގެ ރައްޔިތުންނަށްވެސް އަތޮޅުތަކުގެ ރަށްތަކުން ބިން ލިބޭނެ އިންތިޒާމެއް ހަމަޖެހެން ޖެހޭކަމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މިނިސްޓަރާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ.

އަސްލަމް ވިދާޅުވީ ގާނޫނު އަސާސީން އެއްވެސް ރައްޔިތަކަށް ރާއްޖޭގެ އެއްވެސް ރަށަކުން ގޯތި ލުބުމަށާއި، ދިރިއުޅުމަށް މަނާ ނުކުރާކަމަށެވެ. ނަމަވެސް މާލޭގެ ރައްޔިތުން އަތޮޅު ތަކުން ބިންހޯދައި ވަޒަން ވެރިވުމަށް ބޭނުންވި ނަމަވެސް ކައުންސިލްތަކުން އެކަމަށް އިޖާބަ ނުދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އެހެން ނަމަވެސް އެއްވެސް ރަށަކުން ނުދޭ. ހަމަ ދޭކަށް ބޭނުމެއް ނުވޭ. ހަމަ ސީދާ ރަށު މީހާއަށް ނޫން މީހަކަށް ދޭކަށް ބޭނުމެއް ނުވޭ، އެންމެ އިންޗިއެއް ވެސް،“ އަސްލަމް ވިދާޅުވި އެވެ.

މިއީ އެއްވެސް ހާލެއްގައި ތަހުޒީބު މުޖުތަމައެއްގައި އޮންނަންޖެހޭ ރަނގަޅު ގޮތެއް ނޫން ކަމަށާ މާލޭޭ މީހަކު އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން އެދޭ ނަމަ އެ ފުރުސަތު ދޭން ޖެހޭ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އަދި މާލެ ތަރައްގީވީ  ވެސް މާލޭމީހުންގެ ސަބަބުން ނޫން ކަމަށާއި އެހެން ރަށްރަށުން މީހުން އައިސްގެން ކަމަށާއި ހަމަ އެގޮތަށް ރަށްތައް ވެސް ތަރައްގީ ވާނީ އެހެން ރަށްރަށުން މީހުން ގޮސްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އެހެން ރަށްރަށުގެ މީހުންނަށް ރަށުން ޖާގަ ދިނުމަކީ އޭނާ ކައުންސިލްތަކަށް ދެއްވާ ވަރަށް ވަރުގަދަ ލަފައެއް ކަމަށެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް