ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

Loading

Facebook
Twitter
WhatsApp

 

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

 

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާކުރިކުރާ ކުންފުނި އެސްޓީއޯއިން ބުނީ އަގަށް ބަދަލުގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެންކަމަށެވެ.

އެސްޓީއޯ އިން ބުނީ މި ފަހަރު ތެލުގެ އަގު ބޮޑު ކުރުމާއެކު އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދޭ ސަބްސިޑަރީ ކުންފުނި ފިއުލް ސަލްޕައި މޯލްޑިވްސް އިން ވެސް ތެލުގެ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މި ބަދަލާއެކު ޑީސަލް ލިޓަރަކުން 89 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 44 ލާރި ބޮޑުވާނެ އެވެ.

އެގޮތުން ކުރިން 10.95ރ. އަށް ލިބުނު ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 11.84ރ. އަށެވެ. އަދި ކުރިން 10.72ރ. އަށް ލިބުނު ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 11.16ރ. އަށެވެ.

އެސްޓީއޯ އިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރީ ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށްބޮޑަށް ދަށްވެފައި އޮތުމަށްފަހު ތެލަށް އޮތް ޑިމާންޑް ބޮޑުވެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެންނެވެ.

މިހާރު ދެނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންނަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ. ވޭތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި އެކަނިވެސް ސާފުނުކުރާ ތެޔޮ ފީފާއެއް ވިއްކާ އަގު ވަނީ 20 ޕަސެންޓު އުފުލިފަ އެވެ. މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 80 ޑޮލަރުގަ އެވެ. މިއީ ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް ގޮސްފަ އެވެ.

ތަޖުރިބާކާރުން ލަފާކުރާގޮތުގައި ތެޔޮ ފީފާއެއްގެ އަގު ދާދި އަވަހަށް 100 ޑޮލަރަށް އުފުލިގެންދާނެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް