ދީނީ ހޭލުން ތެރިކަން އިތުރު ކުރުމަށް ވީޑިއޯ ހެދުމުގެ މުބާރާތެއް

Loading

Facebook
Twitter
WhatsApp

 

އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވީޑިއޯ ހެދުމުގެ މުބާރާތެއް އިސްލާމިކް މިނިސްޓްރީން ބާއްވަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ވީޑިއޯކްލިޕް ހެދުމުގެ މުބާރާތަކީ ސޯޝަލް  މީޑިއާ މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ޝަޢުގުވެރި ވަސީލަތްތައް ބޭނުންކޮށްގެން ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުންނަށް ދީނީ އަދި އިޖްތިމާއީ މެސެޖުތަކާއި ނަސޭހަތް ފޯރުކޮށްދީ، ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި އޮތީ  އިސްލާމީ ސަގާފަތާއި އާދަކާދައިގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު  ދެވަނައަށް ދާ ފަރާތަކަށް  4000 ރުފިޔާ އަދި ތިންވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ހަތަރުވަނައިން ފެށިގެން ހަތްވަނައަށް 2000 ރުފިޔާ އަދި އަށްވަނައިން ފެށިގެން ދިހަވަނައަށް 1000 ރުފިޔާ ލިބޭނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

”ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތް 2021“ ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު މި މުބާރާތުގައި ވީޑިއޯކްލިޕްތައް ތައްޔާރުކުރާނެ ފަސް ދާއިރާއެއް ވަނީ ކަނޑައަޅާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް އެކަމަށް ކަނޑައަޅާފައިވާ އޮންލައިން ފޯމް ފުރުމަށްފަހު މިމަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މުބާރާތުގައި ކްލިޕްތައް ހުށަހެޅޭނެ ދާއިރާތައް:

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް