ރަށްރަށުން މާލެ ދިއުމަށްޓަކައި ދެން އެއްވެސް ހުއްދައެއް ނަގާކަށް ނުޖެހޭނެ!

ރަށްރަށުން މާލެ ދިއުމަށްޓަކައި ދެން އެއްވެސް ހުއްދައެއް ނުނަގާ ދެވޭނެ ކަމަށް އަދި އެކަމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ކޮވިޑް 19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ. މަބްރޫކް އިތުރަަށް ވިދާޅުވީ ރަށްރަށުން މާލެއަށް ދަތުރު ކުރުމަށްޓަކައި ހުއްދައެއް ނަގަން ނުޖެހުމާއި، ސްކޫލްތަށް ހުޅުވުމާއި، ކެފޭ ރެސްޓޯރެންޓްތައް ފަތިހު ފަހަކުން ރޭގަނޑު ދިހައަކަށް ހުޅުވާފައި މިހާރު ބެހެއްޓޭނެ ކަމަށެވެ. މީގެ އިތުރުން ޖިމް ތަކާއި ބޯކޮށާ ތަންތަނާއި ސެލޫންތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށާއި […]

މަޖިލީހުގައި ރެސްޓޯރެންޓެއް، ފިހާރައެއް އަދި ޖިމެއް ހުޅުވަނީ

ރައްޔިތުންގެ މަޖިލީހުގައި ރެސްޓޯރެންޓަކާއި ފިހާރައަކާއި، ޖިމެއް ހުޅުވާ ގޮތަށް ހަމަޖެހިފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު ވިދާޅުވަނީ މިއީ މަޖިލީހުގެ ސޯޝަލް ކްލަބުން އިސްނަގައިގެން ކުރާ ކަމެއް ކަމަށާއި މަޖިލީހުގެ ސޯޝަލް ކްލަބުގައި ތިބެނީ މަޖިލީހުގައި އެވަގުތެއްގައި ތިއްބަވާ މެންބަރުންނާއި މުވައްޒަފުންނެވެ. ނަމަވެސް މަޖިލީހުގެ ކުރީގެ މުވައްޒަފުންނާއި މެންބަރުން އެކްލަބުގައއި ބައިވެރ ވެވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. […]

އޭރު އަޅުގަނޑުގެ އޮފީސް ދޮށުގައި މުޒާހަރާ ކުރި މީހުން މިއަދު ފެންނާކަށް ނެތް: ޝިދާތާ

ޝިދާތާގެ މިނިސްޓަރު ކަމުގައި އޮފީސް ދޮށުގައި މުޒާހަރާ ކުރި މީހުން މިއަދު ފެންނާކަށް ނެތްކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ހުޅުމާލޭގައި ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައަށް އިޝާރާތްކުރައްވާ ޝިދާތާ ފޭސްބުކްގައި ލިޔުއްވާފައިވަނީ ”އެފަދަ އެތައް މައްސަލައެއް މައްސަލައަކަށް ނުވެ ހިނގައްޖެ. މިހާރު އަޑު އިވެނީ ރޭޕްގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ގާނޫނު އަރާ ހަމަ ނުކުރެވިގެން އުޅޭ ވާހަކަ. ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލު ކުށަކަށް […]

މާވަރުލަށް ދަތުރުތައް ފަށަނީ، އެއްކޮޅު ދަތުރު 827 ރުފިޔާ!

ގދ. މާވަރުލު އެއާޕޯޓަށް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށުމަށް ނިންމާ އެކަމަށް ތައްޔާރުވެފައިވާއިރު، އެއްކޮޅު ޓިކެޓުގެ އަގަކީ، 827 ރުފިޔާ ކަމަށް މޯލްޑިވިއަން އިން ހާމަކޮށްފިއެވެ. މޯލްޑިވިއަން އިން ބުނެފައިވަނީ ”ޖުލައި އެކެއްގައި ދަތުރުތައް ފަށާނެ. އެއްކޮޅު ދަތުރަކަށް ނަގާނެ އަގަކީ 827 ރުފިޔާ“ ކަމަށެވެ. މާވަރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓް މާރޗް މަހު ކުރީކޮޅު ޖައްސާފައިވާއިރު މީގެ ކުރިން ދެ ފަހަރެއްގެ މަތިން މާވަރުލު އެއާޕޯޓަށް ވަނީ ދަތުރުތައް ފެށުމަށް ތާވަލްކޮށްފައެވެ. […]

ގާތް ރަހުމަތްތެރިންކޮޅު ކައިރި ކޮށްގެން ސަރުކާރު ހިންގައިގެން ނުވާނެ: ޑރ. ވަހީދު

ގާތް ރަހުމަތްތެރިންކޮޅު ކައިރި ކޮށްގެން ސަރުކާރު ހިންގައިގެން ނުވާނެކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ. ދުވަހު ނޫސް އަވަސްގެ ”ފަށަމާ“ ގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ”އަމިއްލަ ކުންފުންޏެއް ހިންގާ އުސޫލުން ގާތް ރަހުމަތްތެރިންކޮޅު ކައިރި ކޮށްގެން ސަރުކާރު ހިންގައިގެން ނުވާނެ ކަމަށާ ދިމާވާ ގޮންޖެހުންތަކަށް އަރައި ނުގަނެވެނީ އެެ އުސޫލުން ސަރުކާރު ހިންގަން އުޅޭތީ“ކަމަށެވެ. ސަރުކާރުގެ ކަންކަމުގައި ފާޅުގައި ފާޑު ވިދާޅުވަމުން ގެންދަވާ ޑރ. ވަހީދު […]

ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީމްގެ އިތުރު ލޯނެއް އިއުލާނުކުރެވިދާނެ!

ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީމް ލޯނުގެ އިތުރު ފުރުސަތެއް އިއުލާނުކުރެވިދާނެކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތައުލީމް ހާސިލްކުރަން މި އަހަރު ލޯނުގެ އިތުރު ފުރުސަތެއް އިއުލާނުކުރުމަކީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުމުގައި ސަރުކާރަށް ވާނެކަމެއް ކަމަށް ހީނުވާ ކަމަށެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ”ރާއްޖޭގައި މިވަގުތު އޮތް އިގުތިސޯދީ ގޮންޖެހުމުގައި އަޅުގަނޑަށް […]

ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ ކޮވިޑް19 އާއި މުޅިން ހުއްޓުނު: ސާރވޭ

ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ ކޮވިޑް19 އާއި މުޅިން ހުއްޓުނުކަމަށް ސާރވޭ އަކުން ދައްކައިފިއެވެ. އެޗްޕީއޭއާއި ޔުނިވާސިޓީ ގުޅިގެން މިދިޔަ މޭ މަހު ކޮށްފައިވާ ސާރވޭގައި ބުނާގޮތުން ބައިވެރިިންގެ ތެރެއިން ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ ލިބޭނެ މަގު ވަނީ މުޅިން ބަންދުވެފައިކަމަށެވެ. އޮންލައިން ކޮށް ކުރިއަށް ގެންދިޔަ މިސާރވޭގެ ފުރަތަމަ ބުރުގައި 2،871 ބައިވެރިޔަކު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. ކޮވިޑް19ގެ އިޖްތިމާއީ އަދި އިގްތިސޯދީ ކަންކަމަށް ކުރި އަސަރުގެ ޖުމްލަ ހުލާސާއެއް އެނގިގެންދިޔައިރު […]

ކޮވިޑް-19 ގެ ވަބާއިން ސަލާމަތްވާން އަދި ކައިރިވެސް ނުވޭ: ޑރ. އެންތަނީ ފައުޗީ

ކޮވިޑް-19 ގެ ވަބާއިން ސަލާމަތްވާން އަދި ކައިރިވެސް ނުވާކަމަށް އެމެރިކާގެ ކޮރޯނާވައިރަހުގެ ތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ. ”ކޮރޯނާވައިރަހަކީ ހަޔާތުގެ އެންމެ ބިރުވެރި ތަޖްރިބާ“ ކަމަށް ވިދާޅުވަމުން ޑރ. ފައުޗީ އިތުރަށް ވިދާޅުވީ ވައިރަސް ފެތުރެމުންދާ ހަލުވިމިނާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި މީގެ އިތުރުން އެބޭފުޅާ ވިދާޅުވީ ”މި ވައިރަހަށް އަވަސް މުއްދަތެއްގެ ތެރޭގައި ވެކްސިނެއް ހޯދޭނެ ކަމުގެ އުއްމީދު ބޮޑު“ ކަމަށެވެ. ޑރ. އެންތަނީ ފައުޗީ އަކީ އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް […]

މިިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ހުށައެޅީ 4،000ރ – 8،500ރ އާ ދެމެދު

މިިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ހުށައެޅީ 4،000ރ-8،500ރ އާ ދެމެދު ކަމަށް ކަނޑައަޅަން ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ރާއްޖޭގައި މުސާރައިގެ ގޮތުގައި ދޭނެ އެންމެ ކުޑަ އަދަދު އެކި ދާއިރާތަކަަށް ތަފާތުވާ ގޮތަށް ކަނޑައެޅުމަށްފަހު ވަޒީފާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ހުށައަޅާފައެވެ. މިއިސްލާހު ހުށައެޅީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ އެވެ. މިބިލުގައި ހިމަނާފައިވާ އިސްލާހުގައި ވަނީ ވަޒީފާގެ ބާވަތްތައް ތިން ކެޓަގަރީއަކަށް ބަހާލައިގެން މިނިމަމް ވޭޖް ކަނޑައެޅުމަށެވެ. […]

ޕާކިސްތާނުން ފުރަބަންދު އުވާލުމުން ހާލަތު އިތުރަށް ގޯސްވަނީ

ޕާކިސްތާނުން ފުރަބަންދު އުވާލުމުން ހާލަތު އިތުރަށް ގޯސްވާން ފަށައިފިއެވެ. އީދާ ދިމާކޮށް ގިނަ ފިޔަވަޅުތައް ލުއި ކުރުމަށްފަހު ޕާކިސްތާނުގައި ކޮވިޑް19ގެ ކޭސްތައް އިތުރުވާން ވަނީ ފަށާފައެވެ. މީގެ ކުރިން ދުވާލަކު ގާތްގަނޑަކަށް 1،700 ކޭސް ފެންނަމުން ދިޔަ ނަމަވެސް އިއްޔެ އެކަނިވެސް އެގައުމުން ވަނީ 5،385 ކޭސް ފެނިފައިވަކަމަށް ޕާކިސްތާނުން ހާމަކުރެއެވެ. ޕާކިސްތާނުގައި ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތައް އަޅަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިންވެސް ވަނީ ލަފާ ދީފި އެވެ. ޕާކިސްތާނުގައި މިހާތަނަށް 2,255 މީހަކު ވަނީ […]