ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ ކޮވިޑް19 އާއި މުޅިން ހުއްޓުނު: ސާރވޭ

Loading

Facebook
Twitter
WhatsApp

ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ ކޮވިޑް19 އާއި މުޅިން ހުއްޓުނުކަމަށް ސާރވޭ އަކުން ދައްކައިފިއެވެ.

އެޗްޕީއޭއާއި ޔުނިވާސިޓީ ގުޅިގެން މިދިޔަ މޭ މަހު ކޮށްފައިވާ ސާރވޭގައި ބުނާގޮތުން ބައިވެރިިންގެ ތެރެއިން ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ ލިބޭނެ މަގު ވަނީ މުޅިން ބަންދުވެފައިކަމަށެވެ. އޮންލައިން ކޮށް ކުރިއަށް ގެންދިޔަ މިސާރވޭގެ ފުރަތަމަ ބުރުގައި 2،871 ބައިވެރިޔަކު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ކޮވިޑް19ގެ އިޖްތިމާއީ އަދި އިގްތިސޯދީ ކަންކަމަށް ކުރި އަސަރުގެ ޖުމްލަ ހުލާސާއެއް އެނގިގެންދިޔައިރު އެކި ފަރާތްތަކުން ދަނީ މިފަދަ ސާރވޭތައް ކުރަމުންނެވެ.

ކޮވިޑް19ގެ ސަބަބުން ގިނަ ބައެއްގެ މާލީ ފުދުންތެރިކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު ސާވޭގެ ބައިވެރިންގެ ތެރެއިން 65 ޕަސެންޓް މީހުންގެ މާލީ ފުދުންތެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. 23 ޕަސެންޓް މީހުންނަށް ކޮންމެސް ވަރަކަށް އަސަރުކުރިއިރު ކޮވިޑް19ގެ އަސަރު މާ ބޮޑަށް ނުކުރާ ކަމަށް ބުނެފައި ވަނީ 10 ވިޔަފާރީގެ ތެރެއިން އެންމެ ވިޔަފާރިއަކުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް