މާވަރުލަށް ދަތުރުތައް ފަށަނީ، އެއްކޮޅު ދަތުރު 827 ރުފިޔާ!

Loading

Facebook
Twitter
WhatsApp

ގދ. މާވަރުލު އެއާޕޯޓަށް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށުމަށް ނިންމާ އެކަމަށް ތައްޔާރުވެފައިވާއިރު، އެއްކޮޅު ޓިކެޓުގެ އަގަކީ، 827 ރުފިޔާ ކަމަށް މޯލްޑިވިއަން އިން ހާމަކޮށްފިއެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ ”ޖުލައި އެކެއްގައި ދަތުރުތައް ފަށާނެ. އެއްކޮޅު ދަތުރަކަށް ނަގާނެ އަގަކީ 827 ރުފިޔާ“ ކަމަށެވެ.

މާވަރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓް މާރޗް މަހު ކުރީކޮޅު ޖައްސާފައިވާއިރު މީގެ ކުރިން ދެ ފަހަރެއްގެ މަތިން މާވަރުލު އެއާޕޯޓަށް ވަނީ ދަތުރުތައް ފެށުމަށް ތާވަލްކޮށްފައެވެ. ފަހު ފަހަރު ތާވަލު ކުރުމަށްފަހު ކެންސަލްކުރީ ކޮވިޑް19 ގެ ސަބަބުން ދަތުރު ނުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް