ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީމްގެ އިތުރު ލޯނެއް އިއުލާނުކުރެވިދާނެ!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީމް ލޯނުގެ އިތުރު ފުރުސަތެއް އިއުލާނުކުރެވިދާނެކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތައުލީމް ހާސިލްކުރަން މި އަހަރު ލޯނުގެ އިތުރު ފުރުސަތެއް އިއުލާނުކުރުމަކީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުމުގައި ސަރުކާރަށް ވާނެކަމެއް ކަމަށް ހީނުވާ ކަމަށެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ”ރާއްޖޭގައި މިވަގުތު އޮތް އިގުތިސޯދީ ގޮންޖެހުމުގައި އަޅުގަނޑަށް ހީވަނީ އިތުރު ލޯނު ބުރެއް މިއަހަރު ސަރުކާރަށް އިއުލާނުކުރުމަކީ ކުރެވޭނެ ކަމަކަށް ނުވާނެހެން،“ ކަމަށެވެ.

”މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި މަތީ ތައުލީމުގެ 550 ފުރުސަތާއި ހައި އެޗީވާސް އަދި ރައީސްގެ ސްކޮލަޝިޕުގައި، ކޮވިޑްގެ ސަބަބުން މިއަހަރު ކިޔަވަން ދެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި“ ކަމަށާއި ”ނަމަވެސް އެ ހުރިހާ ސުވާލަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޖަވާބުދެއްވާފައިވާ“ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރު ހުޅުވާލި ލޯނުގެ ފުރަތަމަ ބުރަށް 151 މިލިއަން ރުފިޔާ ސަރުކާރުން ކަނޑައަޅާފައިވެއެވެ.

މަތީ ތައުލީމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހުވަނީ ދާދިފަހުން ޓްވީޓެއް ކުރައްވާފައެވެ. ރައީސް ކުރެއްވި ޓްވީޓުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގައި ވެސް ދިވެހިންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ދިނުމަށް ސަމާލުކަން ދޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް