ކޮވިޑް-19 ގެ ވަބާއިން ސަލާމަތްވާން އަދި ކައިރިވެސް ނުވޭ: ޑރ. އެންތަނީ ފައުޗީ

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 ގެ ވަބާއިން ސަލާމަތްވާން އަދި ކައިރިވެސް ނުވާކަމަށް އެމެރިކާގެ ކޮރޯނާވައިރަހުގެ ތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.

”ކޮރޯނާވައިރަހަކީ ހަޔާތުގެ އެންމެ ބިރުވެރި ތަޖްރިބާ“ ކަމަށް ވިދާޅުވަމުން ޑރ. ފައުޗީ އިތުރަށް ވިދާޅުވީ ވައިރަސް ފެތުރެމުންދާ ހަލުވިމިނާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި މީގެ އިތުރުން އެބޭފުޅާ ވިދާޅުވީ ”މި ވައިރަހަށް އަވަސް މުއްދަތެއްގެ ތެރޭގައި ވެކްސިނެއް ހޯދޭނެ ކަމުގެ އުއްމީދު ބޮޑު“ ކަމަށެވެ.

ޑރ. އެންތަނީ ފައުޗީ އަކީ އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރުގެ އިތުރުން ވައިޓް ހައުސްގެ އެޑްވައިޒަރެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް