ޕާކިސްތާނުން ފުރަބަންދު އުވާލުމުން ހާލަތު އިތުރަށް ގޯސްވަނީ

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުން ފުރަބަންދު އުވާލުމުން ހާލަތު އިތުރަށް ގޯސްވާން ފަށައިފިއެވެ.

އީދާ ދިމާކޮށް ގިނަ ފިޔަވަޅުތައް ލުއި ކުރުމަށްފަހު ޕާކިސްތާނުގައި ކޮވިޑް19ގެ ކޭސްތައް އިތުރުވާން ވަނީ ފަށާފައެވެ. މީގެ ކުރިން ދުވާލަކު ގާތްގަނޑަކަށް 1،700 ކޭސް ފެންނަމުން ދިޔަ ނަމަވެސް އިއްޔެ އެކަނިވެސް އެގައުމުން ވަނީ 5،385 ކޭސް ފެނިފައިވަކަމަށް ޕާކިސްތާނުން ހާމަކުރެއެވެ.

ޕާކިސްތާނުގައި ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތައް އަޅަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިންވެސް ވަނީ ލަފާ ދީފި އެވެ.

ޕާކިސްތާނުގައި މިހާތަނަށް 2,255 މީހަކު ވަނީ ކޮވިޑް19 ޖެހިގެން މަރުވެފަ އެވެ. 113،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު އޭގެ ތެރެއިން 36,308 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް