ގާތް ރަހުމަތްތެރިންކޮޅު ކައިރި ކޮށްގެން ސަރުކާރު ހިންގައިގެން ނުވާނެ: ޑރ. ވަހީދު

Loading

Facebook
Twitter
WhatsApp

ގާތް ރަހުމަތްތެރިންކޮޅު ކައިރި ކޮށްގެން ސަރުކާރު ހިންގައިގެން ނުވާނެކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ދުވަހު ނޫސް އަވަސްގެ ”ފަށަމާ“ ގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ”އަމިއްލަ ކުންފުންޏެއް ހިންގާ އުސޫލުން ގާތް ރަހުމަތްތެރިންކޮޅު ކައިރި ކޮށްގެން ސަރުކާރު ހިންގައިގެން ނުވާނެ ކަމަށާ ދިމާވާ ގޮންޖެހުންތަކަށް އަރައި ނުގަނެވެނީ އެެ އުސޫލުން ސަރުކާރު ހިންގަން އުޅޭތީ“ކަމަށެވެ.

ސަރުކާރުގެ ކަންކަމުގައި ފާޅުގައި ފާޑު ވިދާޅުވަމުން ގެންދަވާ ޑރ. ވަހީދު މި ވީޑިއޯ އިންޓަވިއުގައި ވަނީ ސަރުކާރަށް އެތައް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. މިއިންޓަވިއުގައި ޑރ ވަހީދު އިތުރަށް ވިދާޅުވީ ”އެއްވެސް ރައީސަކަށް އެމީހަކު ބޭނުންހާ ކަމެއް ނުކުރެވޭނެ އެނގޭތޯ. ބައެއް ރައީސުންނަށް ހީފުޅުވެދާނެ ބޭނުންހާ ކަމެއް ކުރެވިއްދާނެ.“ ކަމަށެވެ. އަދި ”އެއީ ބޮޑު ކުށްހީއެއް އިނގޭތޯ. އަދި އެހެން ގޮނޑިގޮނޑީގައި ތިއްބެވި ރައީސުންވެސް ވިސްނަންޖެހޭ ބޭނުންވާ ކަމެއް ނުކުރެވޭނެކަން“ އިތުރަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ސިޔާސީ ކަންކަމުގައި ދުރުގައި ހުންނެވި ޑރ. ވަހީދު ސިޔާސީ ގޮތުން ހަރަކާތްތެރިވާން ފަށާފައިމިވަނީ ދާދިފަހުން އެމަނިކުފާނަށް ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ބަޔަކު މަދުމަތިން ދިމާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް