ބޮޑެތި ތުހުމަތު ތަކާއި އެކު ހދ. އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ބޮޑެތި ތުހުމަތު ތަކަކާއި އެކު ހދ. އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފިިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް ސަސްޕެންޑް ކޮށްފައިވަނީ 60 ދުވަހަށެވެ. އެ ކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް ސަސްޕެންޑް ކުރީ ފާޅުގައި ރިޝްވަތު ނަގާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިއަ ޕޯސްޓްތަކަކާއި ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި، އެ ނޫންވެސް […]

ޗެމްޕިއަންސް ލީގު ބާއްވާނީ ކޮން ގައުމެއްގައި؟

ޗެމްޕިއަންސް ލީގު ގެ މި ސީޒަނުގެ ބާކީ މެޗުތައް ބާއްވާނެ ގައުމަކާއި މެދު ކުރެވޭ ބަހުސް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. އެކި ގައުމުތަކުން ދަނީ މެޗުތައް ބާއްވަން ހުށައެޅުންތަށް ހުށައަޅަމުންނެވެ. އެގައުމުތަކުގެ ތެރޭގައި ސްޕެއިނާއި ޕޯޗުގަލާއި ޖަރުމަނާއި ރަޝިއާގެ އިތުރުން ތުރުކީ ހިމެނެއެވެ. ތުރުކީގެ ހުށައެޅުން: މިފަހަރުގެ މުބާރާތް ތުރުކީން ވަނީ ފައިނަލް ބާއްވާނެ ކަމަށް ބަލައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންކަމުން އެ ގައުމުން ބުނަމުންދަނީ މި ފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމުގެ ފުރުސަތު […]

ބާ ކައުންސިލަށް އިންތިހާބު ވުމަށް ފަހު ފެނުނީ މުޅިން ވެސް އިހުމާލު: މެމްބަރު ޔައުގޫބު

ބާ ކައުންސިލަށް އިންތިހާބު ވުމަށް ފަހު އެ ކައުންސިލްގެ މެންބަރުންގެ ފަރާތުން ފެނުނީ މުޅިން ވެސް އިހުމާލުކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮންނަ ބާ ކައުންސިލްގެ އިމްތިހާނާއި ތަމްރީން ޕްރޮގްރާމްގެ ޝަރުތު ފަސް ކުރުމަށް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ ”ބާ ކައުންސިލަށް އިންތިހާބު […]

ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވައިފި

އުސިން މިނިސްޓަރު އައިމިނަތު އާތިފާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ”ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގައި އޭނާގެ ގާބިލްކަމެއް ނެތް ކަމަށް ވިދާޅުވެ މަގާމުން ވަކިކޮށްދިނުމަށް އެދި،“ އެމްޑީޕީގެ އިސް މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައި ވަނިކޮށް މިނިސްޓަރުކަމުން އާތިފާ އިސްތިއުފާ ދެއްވީ ”ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާތީ“އެވެ. މި ވެރިކަމުގެ ފުރަތަމަ ހައުސިން މިނިސްޓަރު އާތިފާ އަކީ ކޯލިޝަންގެ އެއް ޕާޓީކަމުގައިވާ އެމްއާރުއެމް ސްލޮޓެއްގަ ވަޒީރުކަމަށް ވަޑައިގެން ނެވި ބޭކަނބަލެކެވެ. އާތިފާ މަގާމުން އިސްތިއުފާ ދީފައިވާއިރު އެމްޑީޕީގެ […]

ބާރުތައް މަޖިލީސް ރައީސަށް ޖަމާކުރާތީ ޖުމްހޫރީ ޕާޓީގެ ފާޑުކިޔުން ނަޝީދަށް!

ބާރުތައް މަޖިލީސް ރައީސް ޖަމާކުރާތީ ޖުމްހޫރީ ޕާޓީގެ ފާޑުކިޔުން ނަޝީދަށް އަމާޒުވެއްޖެއެވެ. ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވަނީ މަޖިލިސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ”މަޖިލީސްއަށް ހުރިހާ ބާރެއް ޖަމާ ކުރުމަކީ، ގާނޫނު އަސާސީ ބުނާ ތިން ބާރު ވަކިވުންތޯ؟ މީތޯ ރައްޔިތުން އިތުބާރު ކުރި ގޮތަކީ؟“ ސައުދު ސުވާލުކުރެއްވިއެވެ. ސައުދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައީސްގެ ބާރުތައް މަޖިލީހުގެ ތެރެއަށް ގެންދިއުމަކީ ހުދުމުހުތާރު ސިފައެއް ކަމަށާ […]

ބްރިޖު މަތިން ފުންމާލީ އިންޑިއާ މީހެއް!

ސިނަމާލެ ބްރިޖު މަތިން މޫދަށް ފުންމާލީ އިންޑިއާ މީހެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި ބުރިޖު މަތިން ފުންމާލީ ރާއްޖޭގައި މަސައްކަތް ކުރަމުން އައި އިންޑިއާ މީހަކު ކަމަށާއި އޭނާ މިހާރު ވަނީ އޭނާގެ ސްޕޮންސާއާ ހަވާލުކޮށްފައިކަމަށެވެ. އެމީހާ ބުރިޖުމަތިން ފުންމާލި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ ”މައްސަލައިގެ ބާވަތުން އެ ސަބަބު ހާމަ ކުރެވެން ނެތް“ކަމަށެވެ. ޖޫން 3 ވަނަ ދުވަހުގެ ހަވީރު ބުރިޖު މަތިން ފުންމާލި މީހާއަށް ފަރުވާ ދިނުމަށް […]