ޗެމްޕިއަންސް ލީގު ބާއްވާނީ ކޮން ގައުމެއްގައި؟

Loading

Facebook
Twitter
WhatsApp

ޗެމްޕިއަންސް ލީގު ގެ މި ސީޒަނުގެ ބާކީ މެޗުތައް ބާއްވާނެ ގައުމަކާއި މެދު ކުރެވޭ ބަހުސް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. އެކި ގައުމުތަކުން ދަނީ މެޗުތައް ބާއްވަން ހުށައެޅުންތަށް ހުށައަޅަމުންނެވެ. އެގައުމުތަކުގެ ތެރޭގައި ސްޕެއިނާއި ޕޯޗުގަލާއި ޖަރުމަނާއި ރަޝިއާގެ އިތުރުން ތުރުކީ ހިމެނެއެވެ.

ތުރުކީގެ ހުށައެޅުން:

މިފަހަރުގެ މުބާރާތް ތުރުކީން ވަނީ ފައިނަލް ބާއްވާނެ ކަމަށް ބަލައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންކަމުން އެ ގައުމުން ބުނަމުންދަނީ މި ފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެންމެ ހައްގު ގައުމަކީ ތުރުކީ ކަމަށެވެ. އަދި ތުރުކީއިން ބުނަމުންދަނީ 2005 ވަނަ އަހަރު ފަހުން ޗެމްޕިއަންސް ލީގު ފައިނަލެއް އެގައުމުގައި ކުޅެފައި ނުވާތީ މިފަހަރު ފައިނަލް ކުޅެން ޖެހޭނީ ތުރުކީގައިކަމަށެވެ.

ސްޕެއިނުގެ ހުށައެޅުން:

ސްޕެއިންގައި ގައި މިފަހަރުގެ މުބާރާތް ބޭއްވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވާން ތައްޔާރަށް އޮތްކަމަށް މެޑްރިޑްގެ މޭޔާރު ވެސް ވަނީ ވިދާޅުވެފައެވެ. މޭޔަރު ވިދާޅުވީ މެޑްރިޑްގައި އެ މުބާރާތް ބޭއްވުމަށް ވެސް އެއްވެސް ހުރަހެއް ނެތް ކަމަށާއި މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުނު ސަރަހައްދުގައި މުބާރާތް ހޯސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ތައްޔާރަށް އޮތް ކަމަށެވެ.

އެކި ގައުމުތަކުން ހުށައެޅުންތައް އަންނަމުންދާއިރު ޗެމްޕިއަންސް ލީގު ގެ މި ސީޒަނުގެ ބާކީ މެޗުތައް ބާއްވާނެ ގައުމެއް ކަނޑައަޅަން އަދި ވަގުތު އެބައޮތެވެ. އެކަން ނިންމާނީ ކޮވިޑް19 ގެ ސަބަބުން ގައުމުތަކުން ވަމުންދާ ގޮތް ބެލުމަށްފަހުގައިކަމަށް ބެލެވެއެވެ. ކޮވިޑް-19ގެ ސަބަބުން ޗެމްޕިއަންސް ލީގު މެދުކަނޑާލާފައިވާއިރު ކުރިން ނިންމާފައިވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުރިއަށްގެންދަން  ތާވަލުކޮށްފައި އޮތީ މިދިޔަ މަހު 27 ގައި ތުރުކީގެ އިސްތަންބޫލުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް