ބާ ކައުންސިލަށް އިންތިހާބު ވުމަށް ފަހު ފެނުނީ މުޅިން ވެސް އިހުމާލު: މެމްބަރު ޔައުގޫބު

Loading

Facebook
Twitter
WhatsApp

ބާ ކައުންސިލަށް އިންތިހާބު ވުމަށް ފަހު އެ ކައުންސިލްގެ މެންބަރުންގެ ފަރާތުން ފެނުނީ މުޅިން ވެސް އިހުމާލުކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮންނަ ބާ ކައުންސިލްގެ އިމްތިހާނާއި ތަމްރީން ޕްރޮގްރާމްގެ ޝަރުތު ފަސް ކުރުމަށް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ ”ބާ ކައުންސިލަށް އިންތިހާބު ވުމަށް ފަހު އެ ކައުންސިލްގެ މެންބަރުންގެ ފަރާތުން ފެނުނީ މުޅިން ވެސް އިހުމާލު“ ކަމަށާއި ”އެ މެންބަރުންގެ ހިލަމެއް އަދި ހަބަރެއް ވެސް ނެތް“ ކަމަށްވެސް މެމްބަރު ޔައުޤޫބު ވިދާޅުވިއެވެ.

ބާ ކައުންސިލާއި މެދު ޔައުޤޫބު ވިދާޅުވީ ވަކި ބަޔެއްގެ ކޮންޓްރޯލުގައި ބޭއްވުމަށްޓަކައި ކައުންސިލަށް ނުކުތް މަންޒަރު ފެނިގެންދިޔަ ކަމަށާއި ”އާ ދަރިވަރުންނަށް ފުރުސަތު ދިނުމަކީ އެ މީހުން އެހާ ގަޔާވާ ކަމެއް ނޫން ކަން، އެ މީހުންގެ މާކެޓް ޑޮމިނޭޝަން އެހެން ބަޔަކު ހޯދާނެތީ ލައިސަންސް ދޭން އިމްތިހާނު ނުބާއްވައި ލަސް ކުރަނީ،“ކަމަށެވެ.

ވަކީލު ކަމުގެ ޑިގްރީ ހާސިލުކޮށް ބާ އިމްތިހާނުގެ ސަބަބުން ހުއްދަ ނުލިބިފައި 300 ދަރިވަރުން ތިބުމުން މެމްބަރު ޔައުޤޫބުވަނީ ވަރަށް ބޮޑަށް އެކަމަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް