ބްރިޖު މަތިން ފުންމާލީ އިންޑިއާ މީހެއް!

Loading

Facebook
Twitter
WhatsApp

ސިނަމާލެ ބްރިޖު މަތިން މޫދަށް ފުންމާލީ އިންޑިއާ މީހެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި ބުރިޖު މަތިން ފުންމާލީ ރާއްޖޭގައި މަސައްކަތް ކުރަމުން އައި އިންޑިއާ މީހަކު ކަމަށާއި އޭނާ މިހާރު ވަނީ އޭނާގެ ސްޕޮންސާއާ ހަވާލުކޮށްފައިކަމަށެވެ. އެމީހާ ބުރިޖުމަތިން ފުންމާލި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ ”މައްސަލައިގެ ބާވަތުން އެ ސަބަބު ހާމަ ކުރެވެން ނެތް“ކަމަށެވެ.

ޖޫން 3 ވަނަ ދުވަހުގެ ހަވީރު ބުރިޖު މަތިން ފުންމާލި މީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރުވަނީ ދޫކޮށްލާފައެވެ. ފުރަތަމަ ފަހަރަށް ބުރިޖު މަތިން މީހަކު ފުންމާލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް