ބޮޑެތި ތުހުމަތު ތަކާއި އެކު ހދ. އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

Loading

Facebook
Twitter
WhatsApp

ބޮޑެތި ތުހުމަތު ތަކަކާއި އެކު ހދ. އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފިިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް ސަސްޕެންޑް ކޮށްފައިވަނީ 60 ދުވަހަށެވެ.

އެ ކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް ސަސްޕެންޑް ކުރީ ފާޅުގައި ރިޝްވަތު ނަގާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިއަ ޕޯސްޓްތަކަކާއި ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި، އެ ނޫންވެސް މައްސަލަތަކެއް އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާތީ ކަމަށެވެ.

”އެމައްސަލަތައް ތަޙްޤީޤު މިވަގުތު ކުރިއަށް ގޮސްފައިވާ ހިސާބަށް ރިޢާޔަތްކޮށް، ތަޙްޤީޤު ކޮމިޓީން މި
މައްސަލައިގެ ތަޙްޤީޤު ފުރިހަމަކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ
ޤާނޫނު (ޤާނޫނު ނަންބަރު October 2010) ގެ 25 ވަނަ މާއްދާގެ (ބ) އަދި (ބ) ގެ ދަށުން އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް ނުނިކުމެ ނުނިކުމެ 60 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މަޑުކުރުމަށް، ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމަށް އެންގުމަށް ކޮމިޝަނުން ނިންމިއެވެ. ” އެބަޔާނުގައި ބުނެފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް