މަޖިލީހުގައި ރެސްޓޯރެންޓެއް، ފިހާރައެއް އަދި ޖިމެއް ހުޅުވަނީ

178

ރައްޔިތުންގެ މަޖިލީހުގައި ރެސްޓޯރެންޓަކާއި ފިހާރައަކާއި، ޖިމެއް ހުޅުވާ ގޮތަށް ހަމަޖެހިފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވަނީ މިއީ މަޖިލީހުގެ ސޯޝަލް ކްލަބުން އިސްނަގައިގެން ކުރާ ކަމެއް ކަމަށާއި މަޖިލީހުގެ ސޯޝަލް ކްލަބުގައި ތިބެނީ މަޖިލީހުގައި އެވަގުތެއްގައި ތިއްބަވާ މެންބަރުންނާއި މުވައްޒަފުންނެވެ. ނަމަވެސް މަޖިލީހުގެ ކުރީގެ މުވައްޒަފުންނާއި މެންބަރުން އެކްލަބުގައއި ބައިވެރ ވެވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ފިހާރައިގައި ލިބެން ހުންނާނީ ޖަލްސާތަކުގެ ޔައުމިއްޔާއާއި މަޖިލީހުން ފާސްކުރާ ޤާނޫނުތަށް ހިމެނޭ ފޮތްތައް ކަމަށާއި، ރެސްޓޯރެންޓްގައި ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބިގެން ދާނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އޮފީސް މަސައްކަތް ކުރެވޭނެ ގޮތަށް މޭޒުކޮޅުތައް މިހާރު ތައްޔާރު ކުރެވި މެންބަރުންނަށް އަމިއްލަ މުވައްޒަފުންނާއެކު އެތަނުގައި މަސައްކަތް ކުރެވޭނެ އިނންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެހެންމެ މަޖިލީހުގެ މުޤައްރިރުން މަސައްކަތް ކުރަން ޚާއްސަ ކެބިން ކޮޓަރިކޮޅުތައް ގާއިމުކޮށް ނިމިފައިވާ ކަމަށާއި ކޮންމެ ދުވަހެއްގައިވެސް ކޮމިޓީތައް ހިންގަވާނެ ގޮތާއި މަސައްކަތުގެ މިސްރާބު ކަނޑައަޅަން މެންބަރުންނަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރާ މިންވަރަށް ވުރެ އިތުރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަނެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ