މިިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ހުށައެޅީ 4،000ރ - 8،500ރ އާ ދެމެދު

Loading

Facebook
Twitter
WhatsApp

މިިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ހުށައެޅީ 4،000ރ-8،500ރ އާ ދެމެދު ކަމަށް ކަނޑައަޅަން ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރާއްޖޭގައި މުސާރައިގެ ގޮތުގައި ދޭނެ އެންމެ ކުޑަ އަދަދު އެކި ދާއިރާތަކަަށް ތަފާތުވާ ގޮތަށް ކަނޑައެޅުމަށްފަހު ވަޒީފާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ހުށައަޅާފައެވެ. މިއިސްލާހު ހުށައެޅީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ އެވެ.

މިބިލުގައި ހިމަނާފައިވާ އިސްލާހުގައި ވަނީ ވަޒީފާގެ ބާވަތްތައް ތިން ކެޓަގަރީއަކަށް ބަހާލައިގެން މިނިމަމް ވޭޖް ކަނޑައެޅުމަށެވެ. ފުރަތަމަ ކެޓަގަރީއަށް 8،000ރ އާއި 8،500ރ އާ ދެމެދުގެ އަދަދެއް، ދެވަނަ ކެޓަގަރީއަށް 6،000ރ އާއި 6،500ރ އާ ދެމެދުގެ އަދަދެއް އަދި ތިން ވަނަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާ ދެެމެދުގެ އަދަދެއް ކަނޑައެޅިދާނެ ބިލުގައި ކަނޑައަޅާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ބިލް ހުށަހަޅަން ޖެހޭ ވަގުތު ޖެހުނު އިރު އަހުމަދު އީސާ ތަޅުމުގައި ނެތުމުން ބިލް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މެމްްބަރު އިލްޔާސް ލަބީބެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް