މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން އަންގައިފި

މިސްކިތްތަކުގައި ނަމާދު ކުރާއިރު އަޑު ބޭރަށް ނީވޭ ގޮތް ހެދުމަށް ބައެއް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ނަމާދުކުރާ އަޑު މިސްކިތުން ބޭރަށް ނީވޭގޮތަށް ހަދަން އަންގާފައިވާނީ ހުރިހާ މިސްކިތަކަށް ނޫންކަމަށާ ބައެއް މިސްކިތްތަކަށް ކަމަށެވެ. އެ އެންގުން އެންގި މިސްކިތްތަކީ ކޮބައިކަމެއް އަދި ސާފެއް ނުވެއެވެ. މިނިސްޓްރީން ބުނީ މިގޮތަށް އެންގީ މިސްކިތްތަކުގެ ކައިރީ ދިރިއުޅޭ ބައެއް އާންމުންގެ ޝަކުވާ އާ ގުޅިގެން ކަމަށެވެ. މިނިސްޓްރީން ހާމަކުރާ ގޮތުގައި […]

ދަރިވަރަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވިގެން އާންމުން އަނިޔާކުރި ޓީޗަރުގެ ބަންދަށް ފަސް ދުވަސް

ދަރިވަރަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި އާންމުން އަނިޔާކުރި ޓީޗަރުގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ. އުމުރުން 29 އަހަރުގެ އެ ޓީޗަރަށް ބަންދުގެ މުއްދަތު ޖެހީ ޖެހީ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ. ޓިއުޝަން ނަގައިދިން އުމުރުން 12 އަހަރުގެ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތާއެކު އެ ޓީޗަރަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ހުޅުމާލޭ ދެ […]

ފަސޭހައިން ހާސިލް ކުރެވޭ ޑިގްރީއަކަށް ވުރެ ވިސްނަންވީ ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް: ރައީސް

މަތީ ތައުލީމު ހާސިލް ކުރާއިރު އެންމެ ފަސޭހައިން ހާސިލް ކުރެވޭ ޑިގްރީއަކަށް ވިސްނުމުގެ ބަދަލުގައި ވިސްނަންވީ އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. 2020 އަދި 2021ވަނަ އަހަރުގެ ދިރާސީ އަހަރު ނިންމި މަތީ އަރުތަވެރީންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަކި މީހަކު މަޖުބޫރު ކޮށްގެން ވަކި ކަމެއް ކުރުމުގެ ބަދަލުގައި ވިސްނަންވީ އެ ދަރިވަރަކު ކުރިއަރަން […]

ދަތް އެޅުން: މީ މަޖަލަކަށްވެސް ކުރާވަރު ކަމެއް ނޫން، ގެއްލުން އިންތިހާއަށް ބޮޑު!

އިންސާނުން އިންސާނުންގެ ގައިގައި ދަތް އެޅުމަކީ ވަރަށް އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ. ބައެއް ފަހަރު ސަކާރާތެއްގެ ތެރެއިން ދަތް އަޅާއިރު، ޒުވާބެއްގެ ތެރެއިންވެސް ދަތް އަޅައެވެ. ނަމަވެސް މިއީ ހީކުރާވަރަށް ވުރެ ނުރައްކާތެރިކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އިންސާނުން ދަތް އެޅުމުގެ ސަބަބުން، އަގައިގައި އެކުލެވޭ ބެކްޓީރިއާއި ވައިރަސްގެ ސަބަބުން އެ ދަތް އަޅާތަނެއް އިންފެކްޓްވުމުގެ ފުރުސަތު އޮވެއެވެ. އާއްމުގޮތެއްގައި މިބާވަތުގެ އިންފެކްޝަން އެންމެ ގިނައިން ފެންނަނީ ކުޑަކުދިންގެ ފަރާތުންނެވެ. އެމެރިކާގެ އެކެޑެމީ އޮފް އޯރތޮޕެޑިކްސް […]

މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކުރާ މީހުންނަށް ފިޔަވަޅު އަޅާނަން: ފުލުހުން

ޖިނާއީ ކުށްތަކުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކުރާ މީހުންގެ މައްސަލަތައްވެސް ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ. ހުޅުމާލޭ ދެ ވަނަ ފޭސްގައި ރޭގެ ވަގުތެއްގައި ފިރިހެން ޓީޗަރަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އޭނާއަށް އަނިޔާކުރީ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށެވެ. އެކަމާ ގުޅިގެން ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ކުށްތަކަށް އަރައި ގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް […]

ވެރިއަކު ނެތި އެތައް ދުވަހެއް، ވޭމަންޑޫ ރައްޔިތުންނަށް މީ ބޮޑު ތުރާލެއް!

ކޮޅުމަޑުލު ވޭމަންޑޫ ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައިވާ ފައިބަރު ބޯޓެއްގެ ވެރިފަރާތް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. ވޭމަންޑޫ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ރަށު އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުޅަނގުފަރާތު ފަޅުގައި އަޅާފައިވާ ފައިބަރު ބޯޓެއް ވާކަނޑައިގެންގޮސް އެރަށު ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައިވާ ކަމަށެވެ. މިހާތަނަށް ކުރި މަސައްކަތުން ބޯޓުގެ ވެރިފަރާތް ހޯދިފައި ނުވާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ބޯޓުގެ ވެރިފަރާތުން އެކަން […]

ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށްޓަކައި ދަރިވަރުން ތައްޔާރުވުމަށް ރައީސް ގޮވާލައްވައިފި

ރިވަރުން ޙާޞިލްކުރާ ޢިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށްޓަކައި ދަރިވަރުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު ދަރިވަރުންނަށް މިކަމަށް ގޮވައިލެއްވީ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިޖަލްސާގައި ރައީސުލްޖުމްޙޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަރިވަރުންނަކީ ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލޭ، ހޭލުންތެރި ބަޔަކަށްވުމަށް ޢަޒުމް […]

ބޮޑު ހިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ ދައުރުކުރަން ބޭނުންކުރުމާ ގުޅިގެން ފްރީޒްކޮށްފައި ހުރި އެސްއޯއެފްގެ ބޭންކު އެކައުންޓްތައް ބީއެމްއެލުން ދޫކޮށްލައިފިއެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފްގެ އެކައުންޓް ފްރީޒުކުރީ 2020 ވަނަ އަހަރުއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން ދިހަ ކުންފުންޏަކާއި ދެ މީހެއްގެ ބޭންކް އެކައުންޓް ފްރީޒް ކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވެއެވެ. އޭގެ ތެރޭގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާއި އެސްއޯއެފް ސާވިސް ޕްރައިވެޓް ލިމިޓެޑާއި އެސްއޯއެފް […]

އީރާނާއި ސަޢޫދީގެ ގުޅުން އިތުރަށް ބަދަހިވަނީ 

އީރާނުން ސައޫދީ އެރޭބިޔާއާއިއެކު ޙިއްސާކުރާ އިސްފަންދިޔާރު ތެޔޮވަޅު ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އީރާނުގެ އޮފްޝޯރ އޮއިލް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރާ ހަވާލާދެމުން އީރާނުގެ މީޑިއާއިން ރިޕޯރޓް ކޮށްފައިވާ ކަމަށް ހާމަކޮށްފިއެވެ. މި ތެޔޮވަޅަށް ދީފައިވާ ނަމަކީ ލުއު ލުއު އެވެ.                                                        މިހާރު ރޭވިފައިވާގޮތުން މި […]

ރައީސް ޔާމީންގެ ޝަރިޢަތް، އާރަށު މައްސަލައިގެ އަޑުއެހުން 

މިއަދު ޝަރިޢަތުގައި ވ.އާރަށް ކުއްޔަށް ދިނުމުގައި ކަރަޕްޝަން ހިންގަވައި މަންފާތަކެއް ހޯދިކަމާއި ގުޅޭ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިޔަކު 3 އައިފޯނަކުން ނެގި ޑޭޓާތައް އެފޯނުގެ ވެރިފަރާތަށް އެނގުމެއްނެތި، އެ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރިކަން އެނގިއްޖެއެވެ. އެކަން ހާމަވީ މިއަދުގެ ޝަރިޢަތުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި ބޭއްވި އަޑުއެހުމުގައެވެ. ހެއްކެއްގެ ގޮތުގައި މިއަދު ސަރުކާރުން ދައުލަތުގެ ނަމުގައި ހާޒިރު ކުރީ މާކް ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ ރައްޔަތެކެވެ. އޭނާއަކީ ޑިޖިޓަލް ފޮރެންސިކް އެގްޒަމިނަރ ކަމަށް […]