ދަތް އެޅުން: މީ މަޖަލަކަށްވެސް ކުރާވަރު ކަމެއް ނޫން، ގެއްލުން އިންތިހާއަށް ބޮޑު!

Facebook
Twitter
WhatsApp
GettyImages-71552022-371f9c597cc348ca80f68ff7f5a7f600

އިންސާނުން އިންސާނުންގެ ގައިގައި ދަތް އެޅުމަކީ ވަރަށް އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ. ބައެއް ފަހަރު ސަކާރާތެއްގެ ތެރެއިން ދަތް އަޅާއިރު، ޒުވާބެއްގެ ތެރެއިންވެސް ދަތް އަޅައެވެ. ނަމަވެސް މިއީ ހީކުރާވަރަށް ވުރެ ނުރައްކާތެރިކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، އިންސާނުން ދަތް އެޅުމުގެ ސަބަބުން، އަގައިގައި އެކުލެވޭ ބެކްޓީރިއާއި ވައިރަސްގެ ސަބަބުން އެ ދަތް އަޅާތަނެއް އިންފެކްޓްވުމުގެ ފުރުސަތު އޮވެއެވެ. އާއްމުގޮތެއްގައި މިބާވަތުގެ އިންފެކްޝަން އެންމެ ގިނައިން ފެންނަނީ ކުޑަކުދިންގެ ފަރާތުންނެވެ.

އެމެރިކާގެ އެކެޑެމީ އޮފް އޯރތޮޕެޑިކްސް ސާޖަންސް، އިން ބުނެފައިވާ ގޮތުގައި އަތުގެ ހުރިހާ އިންފެކްޝަނެއްގެ ތިންބައިކުޅަ އެއްބައިި ހިއްސާކުރަނީ =އިންސާނުން ދަތް އެޅުމުން އުފެދެވޭ ފާރުގަނޑެވެ.

ގައިގައި ދަތް އެޅުމުން އެކި މީހުންނަށް ނުރައްކާވާ މިންވަރުވެސް ތަފާތެވެ. އެގޮތުން ބައެއް މީހުންނަށް އާދައިގެ މިންވަރެއްގައި ނުރައްކާވާއިރު، އަނެއްބައި މީހުންނަށް އެކަމުގެ ނުރައްކާ ވަރަށް ބޮޑަށް ކުރެއެވެ. އެފަދަ ބައެއް މީހުންގެ ހާލު ސީރިއަސްވެސްވެއެވެ. ދަތް އެޅުމުން ބައެއް ފަހަރު އެތަނުން ލޭ ނައިސްދާނެއެވެ. ބައެއް ފަހަރު ދަތް އެޅި ސަރަހައްދު ނޫފާގަނެފައިވެސް ހުރެދާނެއެވެ. އަދި އެ ސަރަހައްދަށް ތަދުވުން އެކަށީގެންވެއެވެ.

ދަތް އެޅުމުން އިންފެކްޓްވެފައިވާ ނަމަ ފެންނާނެ އަލާމާތްތައް:

ދަތް އެޅިތަން ރަތްވުން
ދަތް އެޅިތަން ދުޅަވުން
ދަތް އެޅިތަން ހޫނުވުން
ދަތް އެޅިތަން ދޮސްލުން
ދަތް އެޅިތަނުގައި އަތްލުމުން ތަދުވުން
ހުން އައުން

ދަތް އެޅުމުން ޖެހޭ ބައެއް ބަލިތައް:

ހެޕަޓައިޓިސް 1
ހެޕަޓައިޓިސް 2
ހާޕްސް ( އެޗްއެސްވީ)
ސެޕިލްސް
ޓެޓަނަސް
އެކްސޮނޯމީކޮސިސް
ޓާބޯކްލޯސިސް

ދަތް އަޅައިގެން އިންފެކްޓްވާ ތަނެއް ފަރުވާކޮށްފިނަމަ ހަތް ދުވަހާއި ދިހަ ދުވަހާ ދޭތެރޭގައި ރަނގަޅުވާނެއެވެ. ނަމަވެސް ދަތް އެޅުމުގެ ސަބަބުން ފުންކޮށް ފާރުވެފައިވާ ނަމަ، ރަނގަޅުވާއިރު ލަކުނުލުމާއި ނާރަށް ގެއްލުންވުން އެކަށީގެންވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް