މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން އަންގައިފި

Loading

Facebook
Twitter
WhatsApp


މިސްކިތްތަކުގައި ނަމާދު ކުރާއިރު އަޑު ބޭރަށް ނީވޭ ގޮތް ހެދުމަށް ބައެއް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނަމާދުކުރާ އަޑު މިސްކިތުން ބޭރަށް ނީވޭގޮތަށް ހަދަން އަންގާފައިވާނީ ހުރިހާ މިސްކިތަކަށް ނޫންކަމަށާ ބައެއް މިސްކިތްތަކަށް ކަމަށެވެ. އެ އެންގުން އެންގި މިސްކިތްތަކީ ކޮބައިކަމެއް އަދި ސާފެއް ނުވެއެވެ.

މިނިސްޓްރީން ބުނީ މިގޮތަށް އެންގީ މިސްކިތްތަކުގެ ކައިރީ ދިރިއުޅޭ ބައެއް އާންމުންގެ ޝަކުވާ އާ ގުޅިގެން ކަމަށެވެ.

މިނިސްޓްރީން ހާމަކުރާ ގޮތުގައި ނަމާދުކުރާ އަޑު ބޮޑަށް ފެތުރޭހެން ލައުޑް ސްޕީކަރު ބޭނުންކޮށް  ނަމާދުކުރުމީ އޮންނަ އުސޫލެއް ނޫނެވެ. ލައުޑްސްޕީކަރު ބޭނުން ކުރަން އޮންނަނީ ބަންގިއަށް ހާއްސަކޮށް ކަމަށް ވެސް މިނިސްޓްރީން ހާމަކުރެއެވެ.  


މިނިސްޓްރީން ބުނީ މީހުން ދިރިއުޅޭ އިމާރާތްތައް ހުންނަނީ އުސްކޮށް ވުމާ އެކު ބައެއް މިސްކިތްތަކުގެ ލައުޑް ސްޕީކަރު މި ހުންނަނީ ސީދާ މީހުން ދިރިއުޅޭ އިމާރާތާ ދިމާލުން ކަމަށް ވުމުން އެ ގެތަކުގައި ދިރިއުޅޭ މީހުންނަށް އުދަގޫވެ ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް