ވެރިއަކު ނެތި އެތައް ދުވަހެއް، ވޭމަންޑޫ ރައްޔިތުންނަށް މީ ބޮޑު ތުރާލެއް!

Loading

Facebook
Twitter
WhatsApp
ވޭމަންޑޫ ހުޅަނގުފަރާތު ގޮނޑުދޮށަށް ލައްގާފައި އޮތް ބޯޓު، އެ ބޯޓުގެ ވެރިފަރާތް ހޯދަނީ -- ފޮޓޯ: ޝިޔާ

ކޮޅުމަޑުލު ވޭމަންޑޫ ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައިވާ ފައިބަރު ބޯޓެއްގެ ވެރިފަރާތް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

ވޭމަންޑޫ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ރަށު އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުޅަނގުފަރާތު ފަޅުގައި އަޅާފައިވާ ފައިބަރު ބޯޓެއް ވާކަނޑައިގެންގޮސް އެރަށު ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައިވާ ކަމަށެވެ.

މިހާތަނަށް ކުރި މަސައްކަތުން ބޯޓުގެ ވެރިފަރާތް ހޯދިފައި ނުވާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ބޯޓުގެ ވެރިފަރާތުން އެކަން ލިޔުމަކުން ކައުންސިލަށް އެންގުމަށް ވަނީ އެދިފައެވެ. އަދި 30 ދުވަސް ފަހުން ގާނޫނުގައިވާ ގޮތަށް ބޯޓާމެދު އަމަލުކުރާނެ ކަމަށް ބުނެފައިވެއެވެ.

ވޭމަންޑުއަށް ލައްގާފައިވާ ”ސިންދިތާ- 702“ ބޯޓަކީ މީގެ ކުރިން ތ. ފުނައްޑޫގައި މަސްވެރިކަމުގެ މަޝްރޫއުތައް ހިންގި އިރު، ވޭމަންޑު ފަޅުގައި އެޅި ބޯޓެކެވެ.

ވޭމަންޑޫން ”ސަންދާން“ އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެ ބޯޓު އެރަށަށް ލައްގާފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް އެ ބޯޓުގެ ވެރިއެއް ނެތުމުން އެ ބޯޓާމެދު އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާ ކަމަށާއި ބޯޓުގެ ސަބަބުން އެރަށުގެ ފަރަަށާއި ދޯނި އެހެލާ މީހުންނަށްވެސް އުނދަގޫވަމުންދާ ކަމަށް ބުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް