މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކުރާ މީހުންނަށް ފިޔަވަޅު އަޅާނަން: ފުލުހުން

Loading

Facebook
Twitter
WhatsApp
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު--- ފޮޓޯ: ސަން

ޖިނާއީ ކުށްތަކުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކުރާ މީހުންގެ މައްސަލަތައްވެސް ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ހުޅުމާލޭ ދެ ވަނަ ފޭސްގައި ރޭގެ ވަގުތެއްގައި ފިރިހެން ޓީޗަރަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އޭނާއަށް އަނިޔާކުރީ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ކުށްތަކަށް އަރައި ގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށާއި އިންސާފު ހޯދުމަށް ކަމަށްބުނެ، ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ގާނޫނުތަކާ ހިލާފަށް އަނިޔާވެރި އަމަލުތައް ހިންގުމަކ މުޖުތަމައުގެ މަސްލަހަތު ގެލިގެން ހިނގައިދާނެފަދަ އަމަލުތަކެއް ކަމަށެވެ.

”އެހެންކަމުން މިފަދަ ކަންތައްތައް ތަކުރާ ނުކުރުމަށް މި ހިދުމަތުން އިލްތިމާސްކުރަން. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގަނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން،“ ފުލުހުން ބުންޏެވެ.

ކުށްތަކުގެ ތުހުމަތުވާ މީހުންނަށް އާއްމުން ނުކުމެ އަނިޔާކުރުމަކީ ވަރަށް އާއްމުކަމެކެވެ. އެގޮތުން މިފަހުން ކ. ދިއްފުށީގައިވެސް ވަނީ ގއ. ވިލިނގިލީ މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އޭނާއަށް އަނިޔާކޮށްފައިވަނީ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެއެވެ.

Loading

2 Responses

  1. އާންމުންނިކުމެ ގާނޫނު ތަންފީޒު ކުރުމުގެ ނަމުގައި ޖިނާއީ ކުށްތަކަށް އަރައިގަންނަނީ ޖިނާއީ އަދުލުގެ ނިޒާމް ތަންފީޒު ކުރަންތިބި ފަރާތްތަކުން އިހުމާލު ވާތީ. ތަހުގީގު ކުރަންތިބި ފަރާތްތަކުން ކުރާތަހުގީގުގައި ދެކޮޅު ނުޖެހޭ ކަންތައް ހުރުމުގެ ސަބަބުން ކުއްވެރިން ކޯޓް މަރުހަލާއިން ދޫވެގެން ދާތީ. ދައުވާ އުފުލާ ފަރާތުން އަމަކުރާގޮތުން ހަމަހަމަކޮށް އަދުލު އިންސާފު ގާއިމު ކުރެވޭ ކަމާއި މެދު ސުވާލު އުފެދޭތީ. އިންސާފު ލިބުން ލަސްވުމުގެ ސަބަބުން ކޯޓުތަކުން ކުރާހުކުމުން އިންސާފު ލިބޭކަމުގެ އިހުސާސް ނުކުރެވޭތީ. ޕީޖީއާއި ޕޮލިސް ކޮމިޝަނަރު ރައްޔިތުންނަށް އިންޒާރު ދިނުމުގެ ބަދަލު ކުރަންވީ ކަމަކީ އަދުލުއިންސާފު ގާއިމު ކުރެވޭ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭ ގޮތަށް ތި ދެ މުވައްސަސާގެ މަސްއޫލިއްޔަތު އަދާ ކުރުން. ހިތާމަޔާއެކު ބުނަންޖެހެނީ މިހާރު މި ފެންނަނީ ތި ދެ މުވައްސަސާ ފެއިލް ވެފައިވާކަމުގެ އެއް ނިޝާން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް