އަލީ ސާލިހަށް ހަމާލާދިން މީހާގެ ބަންދަށް މުއްދަތު ޖަހައިފި

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހަށް ހަމަލާ ދިން މީހާގެ ބަންދަށް  15 ދުވަސް ޖަހައިފި އެވެ. އެ މީހާ އަލީ ސާލިހަށް ހަމަލާދިނީ އިއްޔެ މެންދުރު ހުޅުމާލޭ މަގުމަތިން ސައިކަލުގައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގެ ވީދިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެފައިވާއިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާ ވަނީ ތޫނު އެއްޗަކުން އަލީ ސާލިހުގެ މޫނާއި ކަރަށް ހަމަލާ ދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް އަލީ […]

ހުންގަދަވެފައިވާ ތުއްތުކުއްޖަކު ބެލުމަށް ދެކޮޅުހެދި ޑޮކްޓަރަކީ އަބަދު ނިދާމީހެއް

ހުންގަދަވެގެން ހއ ހޯރަފުށީ ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ  އެއް އަހަރުގެ ތުއްތު ދަރިފުޅަށް ފަރުވާދޭން ދެކޮޅު ހަދައި ނިދަން ބޭނުންވި ޑޮކްޓަރަކީ އާންމު ގޮތެއްގައި ވެސް ސިއްހީ މަރުކަޒުގައި ނިދާ މީހެއް ކަން ހާމަވެއްޖެއެވެ. މި މައްސަލަ ފެންމަތިވީ ބައްޕައަކު އޭނާގެ އެއް އަހަރުގެ ދަރިފުޅު ހުން ގަދަ ވެގެން ޑޮކްޓަރަށް ދައްކަން ދޮޅު ގަޑިއިރެއްހާއިރު މަޑުކުރުމަށް ފަހު ނަންބަރު ޖެހުމުން ނިދަން ކަމަށް ބުނެ ފަރުވާދޭން ޑޮކްޓަރު އިންކާރު ކުރި ކަމަށް ބުނެ […]

ތިނަދޫ ގެއެއްގައި ހުރި މަސް ޓޭންކަކުން ކުޑަ ހަތަރު މަސް ނެގި މީހަކު ހަތަރު މަހަށް ޖަލަށް

ގެއެއްގެ ތެރޭ ބަހައްޓާފައި ހުރި މަސް ޓޭންކަކުން ކުޑަކުޑަ ހަތަރު މަސް ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމން ކޮށްފިއެވެ. މިއީ މިދިޔަ އަހަރު ގދ. ތިނަދޫގައި ހިނގި ކަމެކެވެ. އެ ދައުވާ ސާފުކޮށްދެމުން ދައުލަތުން ބުނެފައިވަނީ މަސް ޓޭންކަކުން ވަގަށް ނަގާފައިވަނީ ތިން އިންޗި ހުންނަ ވަރުގެ ހަތަރު މަސް ކަމަށާއި އެއީ ދެ ކެމެޓާއި އެއް ކާބާއި އެއް ގްރާމް ކަމަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ […]

ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ދަރިވަރަކު އޯޓިޒަމް ހުންނަ ދަރިވަރަކަށް އަނިޔާކުރި މައްސަލަ ބަލަނީ

ގދ. ތިނަދޫގައި ހުންނަ ގދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދަރިވަރަކު އޯޓިޒަމް ހުންނަ އެހެން ދަރިވަރަކަށް އަނިޔާކުރާ ވީޑިއޯއެއް އާއްމުވެއްޖެއެވެ. ޝޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ގދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކްލާސް ރޫމެއްގެ ތެރޭގައި ފިރިހެން ދަރިވަރަކު އޯޓިޒަމް ހުންނަ އެހެން ފިރިހެން ކުއްޖަކަށްވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރެވެ. އެގޮތުން އެ ދަރިވަރުގެ މޫނުގައި ފޮތުން ޖަހައި ފައިންނާއި އަތުން އެކުއްޖާގެ ގައިގައި ތަޅައިފައިވެއެވެ. އެ ދަރިވަރަށް އަނިޔާކުރިއިރު އެހެން ދަރިވަރުން ކައިރީގައި ތިބި […]

ގަވައިދުން އާފަލު ކާނަމަ ބައެއް ކަހަލަގެ ކެންސަރުން ދުރުކޮށްދޭ

އާފަލަކީ ވަރަށް ފަސޭހައިން ލިބެން ހުންނަ މޭވާއެކެވެ. އާފަލުގެ ތަފާތު ވައްތަރުތަކާއި ތަފާތު ކުލަތައް ހުންނަ އިރު އާފަލަކީ ހަށިގަނޑަށް ފައިދާކުރަނިވި އެތައް މާއްދާއެއް އޭގައި އެކުލެވިގެންވާ މޭވާއެކެވެ. ހަށިގަނޑަށް އެތެރެވާ ވިހަ ހަށިގަނޑުން ބޭރުކޮށްދިނުމުގައި އާފަލުގެ ދައުރު ބޮޑެވެ. ކާން ބޭނުންކުރާ ކާނާއާއ ބޭސް ފަދަ އެއްޗެތީގެ ތެރެއިން އަބަދުވެސް ތަފާތު ވިހަތައް ހަށިގަނޑަށް ވަންނައިރު އާފަލުގައި އެކުލެވޭ މިނަރަލްގެ މާއްދާތަކުގެ ސަބަބުން ހަށިގަނޑުން ވިހަ ސާފުކުރުމުގައި ޒިންމާވާ މައިގަނޑު ގުނަވަން ކަމަށްވާ ފުރަމޭއިން ވިހަ […]

މާލެއަށް އުފަންވެ މާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތަކީ މާލޭ މީހެއް! 

ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެ ތެރޭގެ ރަށެއްގެ ފިރިހެނަކު މާލެއަށް އުފަން މާލޭގެ އަންހެނަކާ ކައިވެނި ކޮށްގެން އެ ދެމަފިރިންނަށް ލިބޭދަރިން ރަޖިސްޓްރީ ކުރެވެނީ ފިރިހެން މީހާގެ ރަށުގައެވެ. އަންހެން މީހާގެ އަމިއްލަ ގެދޮރު މާލޭގައި ހުއްޓަސް އެ ދެމަފިރިންގެ ދަރީން މާލޭގައި ރަޖިސްޓްރީއެއް ނުކުރެވެއެވެ.      1964 ވަނަ އަހަރު ކިޔަވަން މާލެ އައި ރާއްޖެތެރޭގެ ފިރިހެނަކު އޭނާގެ ކިޔެވުންނިމި މާލެއިން ވަޒީފާ ހޯދުމަށްފަހު ކައިވެނި ކުރީ އަމިއްލަ ގެދޮރުހި މާލޭ އަންހެނަކާއެވެ. އެދެމަފިރީންނަށް 9 […]

ކީވް ބިރުން ތުރުތުރު އަޅަންޖެހޭވަރު ކުރާނަން    

ރަޝިޔާގެ ރައީސް އެންމެ ގާތް ރަޙްމަތްތެރިޔާގެ އަންހެން ދަރިފުޅުދަރުޔާ ދުގިނާ، މޮސްކޯގެ ރަށްބޭރުގައި އޮތް ހަފްލާއަކުން އެނބުރު ވަޑައިގަންނަވަނިކޮށް ކާރު ބޮމުގެ ހާދިސާއެއްގައި މަރާލުމާގުޅިގެން ރުޅިއައިސްފައި ތިބި ރަޝިޔާގެ ރައްޔިތުން މިހާރު ރަޝިޔާގެ ސިފައިންނަށް ގޮވަމުންގެންދަނީ ޔުކްރެއިންގެ ވެރިރަށް ކީވް ގައިހުންނަ އެ ސަރުކާރުގެ އިމާރާތަކަށް ހަމަލާދިނުމަށެވެ.  މިހަމަލާ އާއި ގުޅިގެން ރަޝިޔާގެ ސަރްގްރަޑް ޓީ. ވީ. ސްޓޭޝަން ގެވެބްސައިޓްގެ އެންމެފަލަ ސުރުޚީއަކަށް ކީވް ބިރުން ތުރުތުރު އަޅަންޖެހޭވަރު ކުރަން ޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ރަޝިޔަން ޓި. ވީ. ގެ އެޑިޓަރ މާރްގަރިޓާ ސައިމަންވަން ޔޫކްރެއިންގެ އިންޓެލިޖެންސް އޭޖެންސީގެ އިމާރާތް، ފަހުގެ […]

ދުނިޔޭގެ މަސްރަޙް މަހާތީރު ދެކެވަޑައިގަންނަވާ ގޮތް

ޗައިނާއާއި ތައިވާނުގެ މަސްރަހާއި ގުޅޭގޮތުން މިދިޔަ ހުކުރުދުވަހު މީޑިއާގައި ވާހަކަ ދައްކަވަމުން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ތުން ޑޮކްޓަރ މަހާތީރު މުޙައްމަދު ވިދާޅުވީ އެމެރިކާއިން އުޅެނީ ޗައިނާލައްވާ ތައިވާނުގައި ހަނގުރާމަ ކުރުވަން ކަމަށެވެ.                                                                 މެލޭޝިޔާގައި ދެފަހަރެއްގެ މަތިން އެންމެ ގިނަ އަހަރުތަކެއްގައި ވެރިކަން ކުރެއްވި […]

މާލޭގެ ފިހާރައަކުން ވައްކަންކޮށް ރޯކޮށްލި މީހަކު ތިން މަހަށް ޖަލަށް ލާން ހުކުމްކޮށްފި

މާލޭގައި ފިހާރަޔަކުން ވައްކަންކޮށް އެތަނުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ މައްޗަށް، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށް ސާބިތުވެ ތިން މަހާއި ނުވަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މުހައްމަދު އިއުޖާޒް ހަލީމް ކިޔާ މީހެއްގެ މައްޗަށް މި ހުކުމް އައީ ޗާންދަނީ މަގުގައި ހުންނަ ”ކޮމްޝޮޕް“ ފިހާރަޔަށް 13 ސެޕްޓެމްބަރު 2018 ވަނަ ދުވަހުގެ މެންދަމުން އަލިވެ 2:00 ހާއިރު ވަދެފައިވާ މައްސަލައިގައެބެ. ހުކުމުގައިވާ ގޮތުން ފިހާރައިން ވައްކަންކޮށްފައިވާކަން އެނގުނީ އެތަނުގައި […]

ހައިވޭގައި ފުލުހުންގެ ކާރަށް ފުރޮޅާލައި ތިން މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖާއި ހުޅުމާލެ ގުޅިފައި އޮންނަ ހައިވޭގައި ފުލުހުންގެ ކާރެއް ފުރޮޅައިލައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ބުރިޖާ ގުޅިފައިވާ ހައިވޭއިން ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލާފައިވާކަމުގެ ރިޕޯޓު ލިބިފައި ވަނީ ރޭ މެންދަމު 02:58 ހާއިރު ކަމަށެވެ. މި ހާދިސާގައި ކާރުގައި އެވަގުތު ތިބި ތިން މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އެ އެންމެންނަށްވެސް ޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދީކޮށްލައިފައެވެ. މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން […]