މާލޭގެ ފިހާރައަކުން ވައްކަންކޮށް ރޯކޮށްލި މީހަކު ތިން މަހަށް ޖަލަށް ލާން ހުކުމްކޮށްފި

Loading

Facebook
Twitter
WhatsApp

މާލޭގައި ފިހާރަޔަކުން ވައްކަންކޮށް އެތަނުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ މައްޗަށް، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށް ސާބިތުވެ ތިން މަހާއި ނުވަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މުހައްމަދު އިއުޖާޒް ހަލީމް ކިޔާ މީހެއްގެ މައްޗަށް މި ހުކުމް އައީ ޗާންދަނީ މަގުގައި ހުންނަ ”ކޮމްޝޮޕް“ ފިހާރަޔަށް 13 ސެޕްޓެމްބަރު 2018 ވަނަ ދުވަހުގެ މެންދަމުން އަލިވެ 2:00 ހާއިރު ވަދެފައިވާ މައްސަލައިގައެބެ.

ހުކުމުގައިވާ ގޮތުން ފިހާރައިން ވައްކަންކޮށްފައިވާކަން އެނގުނީ އެތަނުގައި ރޯވެގެން، މެންދަމުން އަލިވެ 3:20 ގައި ރިޕޯޓްކުރުމުން އެތަނަށް ގޮސް ބެލި ބެލުމުންނެވެ. ނަމަވެސް ރޯވި އަލިފާންގަނޑު ވަނީ މާގިނަައިރެއްނުވެ ކޮންޓްރޯލްކޮށްފައެވެ.

ފުލުހުން އެތަނުގެ ސީސީޓީވީ ފުޓޭޖް ބެލުމުން މުހައްމަދު އިއުޖާޒް ފިހާރަޔަށް ވަދެގެން އުޅޭތަން ފެނިފައިވެއެވެ. އަދި އެތަނުން ވަގަށް ނަގާފައިވާ ބައެއްތަކެތި އިއުޖާޒްގެ ގެއިން ފެނިފައިވެއެވެ.

އެ ދައުވާއަށް އިއުޖާޒް އިންކާރުކުރިނަމަވެސް ދައުލަތުން ހުށަހެޅި ހެކިން ޝައްކެއް ނެތް މިންވަރަށް މުހައްމަދު އިއުޖާޒްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އަދަބެއްގެ ގޮތުން އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެެވެ. ނަމަވެސް އޭނާ އެއް މަހާއި 15 ދުވަހު ބަންދުގައި ހުރުމުން ހުކުމުން ތަންފީޒުކުރަން ޖެހެނީ ތިން މަހާއި ނުވަ ދުވަހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް