ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ދަރިވަރަކު އޯޓިޒަމް ހުންނަ ދަރިވަރަކަށް އަނިޔާކުރި މައްސަލަ ބަލަނީ

Loading

Facebook
Twitter
WhatsApp

ގދ. ތިނަދޫގައި ހުންނަ ގދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދަރިވަރަކު އޯޓިޒަމް ހުންނަ އެހެން ދަރިވަރަކަށް އަނިޔާކުރާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

ޝޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ގދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކްލާސް ރޫމެއްގެ ތެރޭގައި ފިރިހެން ދަރިވަރަކު އޯޓިޒަމް ހުންނަ އެހެން ފިރިހެން ކުއްޖަކަށްވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރެވެ. އެގޮތުން އެ ދަރިވަރުގެ މޫނުގައި ފޮތުން ޖަހައި ފައިންނާއި އަތުން އެކުއްޖާގެ ގައިގައި ތަޅައިފައިވެއެވެ.

އެ ދަރިވަރަށް އަނިޔާކުރިއިރު އެހެން ދަރިވަރުން ކައިރީގައި ތިބި ނަމަވެސް އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ. އެއިރު އެ ކްލާސްރޫމްގައި އެ ޓީޗަރަކު ހުރިކަމެއް ނުވަތަ ނެތްކަމެއް ސާފެއް ނޫނެވެ.

އެނގިފައިވާ ގޮތުގައި ދަރިވަރަށް އަނިޔާކޮށްފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ގްރޭޑް 10ގެ ބީޓެކް ކްލާހުގައެވެ.

ދަރިވަރަށް އަނިޔާކުރި މައްސަލައާ ގުޅިގެން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް