މާލެއަށް އުފަންވެ މާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތަކީ މާލޭ މީހެއް! 

Loading

Facebook
Twitter
WhatsApp

ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެ ތެރޭގެ ރަށެއްގެ ފިރިހެނަކު މާލެއަށް އުފަން މާލޭގެ އަންހެނަކާ ކައިވެނި ކޮށްގެން އެ ދެމަފިރިންނަށް ލިބޭދަރިން ރަޖިސްޓްރީ ކުރެވެނީ ފިރިހެން މީހާގެ ރަށުގައެވެ. އަންހެން މީހާގެ އަމިއްލަ ގެދޮރު މާލޭގައި ހުއްޓަސް އެ ދެމަފިރިންގެ ދަރީން މާލޭގައި ރަޖިސްޓްރީއެއް ނުކުރެވެއެވެ.

     1964 ވަނަ އަހަރު ކިޔަވަން މާލެ އައި ރާއްޖެތެރޭގެ ފިރިހެނަކު އޭނާގެ ކިޔެވުންނިމި މާލެއިން ވަޒީފާ ހޯދުމަށްފަހު ކައިވެނި ކުރީ އަމިއްލަ ގެދޮރުހި މާލޭ އަންހެނަކާއެވެ. އެދެމަފިރީންނަށް 9 ދަރިން ލިބުނެވެ. މިއިން އެއްވެސް ދަރިއަކު އެކުދިންގެ މަންމަގެ ގޭގައި ރަޖިސްޓްރީއެއް ނުކުރެވެއެވެ.އެހެނަސް މިހުރިހާކުދިން އުފަންވީ ވެސް މާލެއަށެވެ. ބައްޕައަކީ އެހެން ރަށެއްގެ ފިރިހެނަކަށް ވާތީ ބައްޕަގެ އަމިއްލަ ގެއެއް ރަށުގައި ނެތަސް އެކުދިންގެ ބައްޕަ ރަޖިސްޓްރީ ކުރެވިފައިވާ ތަނެއްގައި މެނުވީ އެއިން އެއްވެސް ދަރިއަކު ރަޖިސްޓްރީ ކޮށް ނުދިނެވެ.

     މިދެންނެވި ދެމަފިރިން ކައިވެނި ކޮށްގެން ދިރިއުޅެ މުސްކުޅިވީ މާލޭގައެވެ. އަނބިމީހާގެ ގެދޮރުގައެވެ.

    ކަން މިހެން ހުރިނަމަވެސް ރައީސް މައުމޫނުގެ ދަރިކަނބަލަކު ބޭރު ގައުމެއްގެ ފިރިހެނަކާ ކައިވެނި ކޮށް އެދެމަފިރިންނަށް ދަރީން ލިބެން ފެށިި ހިސާބުން މިދެންނެވި ގަވާޢިދު ބަދަލުވެ މަންމަގެ ރަށުގައި މާލޭގައި، ރާއްޖެތެރޭގެ ފިރިހެނުން މާލޭ އަންހެނުންނާއި ކައިވެނި ކޮށްގެން މާލެއަށް އުފަންވާ ކުދިން ރަޖިސްޓްރީ ކުރެވޭ ގޮތް ހަމަޖެހިގެން ދިޔައެވެ.

އެހެންކަމުން މާލޭ އުފަން މާލޭގެ އެތަކެއް ރައްޔިތުންނެއް މާލޭގައި ރަޖިސްޓްރީ ކުރެވިފައި އެވަނީ ފުރަތަމަ ރަޖިސްޓްރީ ރާއްޖެތެރޭގައި އޮތުމަށްފަހު މިދެންނެވި ގަވާޢިދަށް ޢަމަލު ކުރަން ފެށުނުފަހުންނެވެ. މިއިން ކޮންމެ ރައްޔިތަކީވެސް މާލެއަށް އުފަންވެ މާލޭގައި ދިރިއުޅެ މުޅިޢުމުރު މާލޭގައި ހޭދަކުރަމުން ދާ މާލޭގެ ރަށްވެހީންނެވެ.

      ކަން މިހެން ހުރިނަމަވެސް މާލޭގެ ރައްޔިތުންނަށް މާލޭގެ ސަރަޙައްދުންގޯތި ދޭން ސަރުކާރުން ހަމަޖެއްސެވުމުން މިދެންވި މާލެއަށް އުފަންވެ މާލޭގައި މުޅި ޢުމުރު ހޭދަކުރަމުދާ މާލޭގެ އަހުލުވެރިންގެ ފޯމުވެސް ސަރުކާރުން ވަނީ ބަލައި ނުގެންފައެވެ. މިފަދަ ބޭއިންސާފު އުޞޫލުތަކަށް ގޮތެއް ފޮތެއް ނުބަލާ ސަރުކާރުން ޢަމަލު ކުރަން ފެށުމަކީ ބަލައި ގަނެވޭނެ ކަންކަމެއް ނޫނެވެ. 

ބައްޕައަކީ ”ބީރެއްޓެއްސަކަށް“ ވިޔަސް މާލޭގައި އެކުދީންގެ މަންމައިންގެ ގެދޮރުހުރެ އެކުދީން މާލޭ ނޫން އެހެން ރަށެއްގައި ދުވަހަކުވެސް ދިރިއުޅެފައި ނުވާއިރު މާކުރިން ޢަމަލުކުރި ހަމައެއް ލަމައެއް ނެތް ޖަންގަލީގެ ގަވާޢިދެއްގެ ދަށުން މާލޭގެ އަހުލުވެރިން ބާކީ ކުރުމަކީ އެމްޑީޕީގެ މިސަރުކާރުން މާލޭގެ އުފަން އެތަކެއް ރައްޔިތުންގެ ޙައްގު ފޭރިގަނެ ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ. 

އެއްވެސް ހަމައެއް އުޞޫލެއްނެތި ސަރުކާރަކުން ހަދާފައިވާ ގަވާއިދެއްގެ ސަބަބުން މާލެއަށް އުފަން ރައްޔިތުން އެރައްޔުތުމީހާގެ ބައްޕައަކީ ފޮންނެއްކާގެ ރައްޔިތަކަށް ވިޔަސް މާލޭގައި ގެދޮރުހުރި މާލޭގެ ހަތަރު ކަށިމަތި މަންމައިންގެ ބަނޑުން މާލެއަށް އުފަންކުރި ދަރީން ރާއްޖޭގެ އެހެން ރަށްރަށުގައި ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެއެވެ. ކަން މިހެން ހުރުމާއެކު ސަރުކާރުން މާލޭގެ އުފަން ރައްޔިތުން ބީރެއްޓެހީންނަށް ހަދާ މަލޭގެ ސަރަހައްދުގެ ބިމުން އެފަރާތްތަކަށް ގޯތި ނުދިނުމަށް ކަނޑަ އެޅި ކަނޑަ އެޅުން ހަރުކަށި ޢބާރާތުން ކުށްވެރި ކުރަމެވެ. އެއްދިދައިގެ ދަށުގައި ދިރިއުޅެމުންދާ ބަޔަކަށް މިފަދަ ބޮޑެތި ތަފާތުތަކަށް ކެޓެގަރީ ބަހާލައިގެން އޮންނަ ސަރުކާރަކުން ހިތުހުރިގޮތެއް ރައްޔަތުމީހާއަށް ހެދިގެން ނުވާނެއެވެ.

 ސަރުކާރަކަށް ވެސް ގޯސް ހެދިދާނެއެވެ. އެހެނަސް އެއީ ސަރުކާރަށް ހެދުނުގޯހެއްކަން ބުއްދީގެ ހަމަތަކުގެ މަތީން ބައްލަވާ ރަނގަޅަށް ދިރާސާ ކޮށް ވިސްނުމަށްފަހު ހެއްދެވުނު އެގޯސް އަވަހަށް ރަނގަޅުކުރަން ޖެހޭނެއެވެ. މާލޭގެ ސަރަހައްދުން މާލޭގެ އުފަން ރައްޔިތުން ގޯއްޗަށް އެދުމުން ގޯއްޗަށް އެދުމުގެ ފުރުޞަތުވެސް އެވަނީ ނިގުޅައިގެންފައެވެ. ކުރިމަތީގައި އޮތީ ދެވަނަ ދައުރަކަށް ވެރިކަމުގައި ބެއްދުންކަން ހަނދުމަފުޅު ނެތުނީތޯއެވެ؟

އެހެންކަމާއިއެކު މާލޭގެ އަސްލު ރައްޔިތުންނާ މެދު ފުންކޮށް ވިސްނެވުމަށްފަހު މަލޭގެ ރައްޔިތުންނަކީ ކޮންބައެއްކަން އެނގިތިބެ،ހުރިހާ ރައްޔަތުންގެ ޙައްގުތަކަށް އިޙުތިރާމް ކުރުމަށް ސަރުކާރަށް ގޮވާލަމެވެ.

Loading

3 Responses

  1. ޖަރުމަނުގައި އުފަންވެ، ޖަރުމަނުގައި ދިރިއުޅޭ މީހާ ވެސް ވޯޓްލާންވީމާ މާލެ މީހެއް. ދައުލަތުން ދޭންޖެހޭ އަސާސީ ޚިދުމަތެއް ހަމަ އޭނައަށް ދޭންވީމާ، ޔޫގެންޑާގެ ޓެރަރިސްޓަކަށް ބަދަލުވަނީ. މީ ކޮންފަދަ އަރަތެއް؟

    1. ރައްޔަތުން ވެރިކަމަށް އިސްކުރާ މީހުނަށް ގަބޫލުކުރެވެނީ ރައްޔަތުންނީ ތުންބުރި ކާޅުތަކެއް ކަމަށެވެ. ވީމާ އެމީހުން ކަނެވަރަކަށް ކައިފާ ރައްޔަތުން ހަފުސްވަންދެން ފެލައިވާ ދެން އުކާލަ އެތިކޮޅު ތުންބުރިކާޅު ކާނީއެވެ. ވޯޓް ހޯދަން އައިސް ކިޔާނީ ރައްޔަތުން ތިއީ ގައުމުގެ ވެރިންނޭ މަމެން މިއީ ރައްޔަތުންގެ ޚާދިމުންނޭ! ދޮގާއި މަކަރާއި ޚީލަތްތެރިކަން ކޮޅުންލައިގެން ގޮއްސާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް