ގަވައިދުން އާފަލު ކާނަމަ ބައެއް ކަހަލަގެ ކެންސަރުން ދުރުކޮށްދޭ

Loading

Facebook
Twitter
WhatsApp

އާފަލަކީ ވަރަށް ފަސޭހައިން ލިބެން ހުންނަ މޭވާއެކެވެ. އާފަލުގެ ތަފާތު ވައްތަރުތަކާއި ތަފާތު ކުލަތައް ހުންނަ އިރު އާފަލަކީ ހަށިގަނޑަށް ފައިދާކުރަނިވި އެތައް މާއްދާއެއް އޭގައި އެކުލެވިގެންވާ މޭވާއެކެވެ.

ހަށިގަނޑަށް އެތެރެވާ ވިހަ ހަށިގަނޑުން ބޭރުކޮށްދިނުމުގައި އާފަލުގެ ދައުރު ބޮޑެވެ. ކާން ބޭނުންކުރާ ކާނާއާއ ބޭސް ފަދަ އެއްޗެތީގެ ތެރެއިން އަބަދުވެސް ތަފާތު ވިހަތައް ހަށިގަނޑަށް ވަންނައިރު އާފަލުގައި އެކުލެވޭ މިނަރަލްގެ މާއްދާތަކުގެ ސަބަބުން ހަށިގަނޑުން ވިހަ ސާފުކުރުމުގައި ޒިންމާވާ މައިގަނޑު ގުނަވަން ކަމަށްވާ ފުރަމޭއިން ވިހަ ސާފުކޮށްދެއެވެ.

ޑޮކްޓަރީ ހޯދުންތަކުން ދައްކާ ގޮތުގައި އާފަލަކީ ހަކުރި ބަލިންވެސް ރައްކާތެރިކޮށްދޭ މޭވާއެކެވެ. އެއީ އާފަލުގައި ހިމެނޭ ”ޕެކްޓިން“ އިން ހަށިގަނޑަށް ”ގެލެކްޓިޔުރޮނިކް އެސިޑް“ ފޯރުކޮށްދޭތީއެވެ. މިއީ ހަށިގަނޑު އިންސިއުލިން ބޭނުންވާ މިންވަރު ދަށްކޮށްދޭ މާއްދާއެކެވެ.

އާފަލުގައި އެކުލެވޭ ފައިބާއާއި އެންޓި އޮކްސިޑެންޓްގެ މާއްދާތަކުގެ ސަބަބުން ތުރުތުރުއަޅާ ބައްޔަށް މަގުފަހިކޮށްދޭ ސެލްތަކުން ސިކުނޑި ރައްކާތެރިކޮށްދެއެވެ.

އޮކްސްޕޯޑް ޔުނިވާސިޓީން 2019 ވަނަ ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ގަވައިދުން އާފަލުކާ މީހުންނަށް އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެއެވެ.

އާފަލުގައި ހުންނަ ނިއުޓްރިއެންޓްސް:
ކެލަރީ 60
ކާބޯހައިޑްރޭޓްސް 16 ގުރާމް،
ފައިބަރ 2.8 ގުރާމް،
ވިޓަމިން ސީ 5 ގުރާމް
ޕޮޓޭސިއަމް 123 ގުރާމް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް