ހައިވޭގައި ފުލުހުންގެ ކާރަށް ފުރޮޅާލައި ތިން މީހަކަށް އަނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

ސިނަމާލެ ބުރިޖާއި ހުޅުމާލެ ގުޅިފައި އޮންނަ ހައިވޭގައި ފުލުހުންގެ ކާރެއް ފުރޮޅައިލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ބުރިޖާ ގުޅިފައިވާ ހައިވޭއިން ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލާފައިވާކަމުގެ ރިޕޯޓު ލިބިފައި ވަނީ ރޭ މެންދަމު 02:58 ހާއިރު ކަމަށެވެ.

މި ހާދިސާގައި ކާރުގައި އެވަގުތު ތިބި ތިން މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އެ އެންމެންނަށްވެސް ޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދީކޮށްލައިފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

އެނގިފަައިވާ ގޮތުގައި މި އެކްސިޑެންޓްގައި އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް