އަހަރެން ފެނިއްޖެނަމަ ކަލޭމެން ދެން ރޯން ފަށާށެވެ! 

މަތީގައިވާ ސުރުޚީން ކިއުންތެރިންގެ ހިތުގައި ހަމަގައިމުވެސް ތަފާތު ޝުއޫރުތަކެއް އުފައްދާނެއެވެ. ސަބަބުތަކަކާ ހުރެއެވެ. އަޅުގަނޑުމެންނަށް އެކަންތައްތަކުގެ ތަފްސީލު ހާމަކޮށް ނުދެވިދާނެއެވެ. އެކަމަކު ބައިނަލް އަގްވާމީ މީޑިއާ ގައި ހާމަކޮށްފައިވާ މައުލޫމާތު ތަކުގެތެރެއިން ކޮންމެވެސްމިންވަރެއް ކިއުންތެރިންނަށް ގެނެސްދެވޭތޯ ބަލާނަމެވެ.                                              ސުރުޚީގައި އެވަނީ ޔޫރަޕަށް މެދުވެރިވެފައިވާ ހަނަފަސް ކަމާހުރެ ކޯރުތަކާއި ކަނޑުފަޅުގެ ލޮނުގަނޑު ހިނދުމުގެ ސަބަބުން ކަނޑުގެ އަޑިގައިހުރި […]

ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް

ފުލުހުން އިންތިޒާމްކޮށްގެން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ފުލުހުން ބުނީ ކުރެހުމުގެ މި މުބާރާތަކީ ފުލުހުންގެ ހިދުމަތް މަދަނީ ހިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތެއްކަމަށާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާނެކަމަށެވެ. ފުލުހުން ބުނީ ތިން ތީމަކަށް ހާއްސަކޮށްފައިވާ މި މުބާރާތުގައި ބައިވެރިވެރިކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ކަމަށެވެ. މުބާރާތުގެ ތީމް އަކީ ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި ފުލުހުން މި […]

ބިންހެލުމާއި ގުޅިގެން މާލޭގެ ބައެއް އިމާރާތްތަކަށް ލޮޅުން އެރި

މިއަދު ރާއްޖެ ސަރަހައްދަށް ބިން ހެލުމެއް އައިސްފައިވާއިރު އޭގެ އަސަރު މާލޭގެ ބައެއް އިމާރާތްތަކަށް ކޮށފިއެވެ. މޫސުމާއި ބެހޭ އިދާރާ މެޓް އިން ބުނީ އިންޑޮނޭޝިއާގެ ވެސްޓް ސުމަތުރާ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިވާއިރު އޭގެ އިހުސާސް ކުރެވުނީ މާލެ ސަރަހައްދަށް ކަމަށާއި، އެ އެރި ލޮޅުން މިނެޓެއްހާއިރު ހުރި ކަމަށެވެ. އަދި މީގެ އިތުރުން ބިންހެލުމުގެ އަސަރު ބެލުމަށް ހދ ގައި ހުންނަ މީޓަރަށް ބިން ހެލުމުގެ އަސަރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ބިންހެލުމުގެ […]

ލިވާޠާއި ސިޙާޤަކީ، ބޮޑުވެގެންވާ ޙަރާމް ފާޙިޝްކަންބޮޑު ދެފާފަ 

ލިވާޠާއި ސިޙާޤު ނުރައްކާތެރިކަން: ދީނީ ގޮތުން ހުރި ނުރައްކާތެރިކަން: ލިވާތަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. ދުނިޔެއާއި ދީން ހަލާކު ކޮށްލާ ކަމެކެވެ. ﷲ ގެ ކޯފާއަށް ހުށަހެޅޭ ކަމެކެވެ. ކައިވެނީގެ ޝަރްޢީ ނިޒާމު މުގުރާލާކަމެކެވެ. އަދި މުޖްތަމަޢުގެ މަޢްނަވިއްޔާތު ނެތިދާކަމެކެވެ. އަދި އެތަނަކު ރޯދި ބަރަކާތް ކެނޑިދާނެ ކަމެކެވެ.  { ﻭَﻣَﺎ ﻫِﻲَ ﻣِﻦَ ﺍﻟﻈَّﺎﻟِﻤِﻴﻦَ ﺑِﺒَﻌِﻴﺪٍ} ‏[ ﻫﻮﺩ : 83 ‏] . އަދި އަނިޔާވެރިންނާއި ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ. ލިވާޠާއި ސިޙާޤުގެ ސަބަބު ލިބޭ ޞިއްޙީ ގެއްލުން އެއްޖިންސުން ގުޅުން ހިންގުމަކީ ރާމާމަކުނު ޕޮކްސް އާއި އެޗްއައިވީއެއިޑްސް ބަލި ޖެހުމަށް މަގުފަހިކޮށްދޭ ޢަމަލެކެވެ. އަދި ނޮން ކޮމިއުނިކިބަލް ޑިޒީޒްތައް އެރުމަށް […]

ތެލުގެ މުއްސަނދިކަން ދެން ސަޢޫދީން ބޭކާރެއް ނުކުރާނެ     

ޔޫރަޕްގައި މިހާރު ގޭހުގެ އަގު އުޅެނީ ތެލުގެ ނިސްބަތުން 410 އެމެރިކާ ޑޮލަރަށް ފީފާއެކެވެ.               ސައޫދީ އެރޭބިޔާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ މިއަހަރުގެ ދެވަނަ ތިންމަސްދުވަހުގެ ފައިދާ 48.8 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ.  ބުލޫމްބާރގުން ބުނާގޮތުގައި މިއީ ތިން މަސްދުވަހެއްގައި ދުނިޔޭގެ އެއްވެސް ކުންފުންޏަކަށް މިހާތަނަށް ތެލުގެ ވިޔާފާރީގައި ޙާސިލުކުރެވުނު ލަނޑު ދަނޑިއެއް ނޫނެވެ. މިހާ ބޮޑު ފައިދާއެއް ލިބުމުގެ އަސްލަކީ ހުޅަނގުގެ ގައުމުތަކުން ރަޝިޔާއަށް ކުރިމަތިކޮށްފައިވާ އިގްތިސާދީ ދުއްތުރާ ތަކުގެ ސަބަބުން ރަޝިޔާގެ ހަކަތަ ވިއްކުމަށް […]

މަރުވެފައިވާ މީހަކު ތަހުގީގަށް ހާޒިރުކުރަން އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފި

މަރުވެފައިވާ މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. ތަހުގީގަށް ހާޒިރުކުރުމަށް ފުލުހުން މިއަދު ހެނދުނު އާންމުކުރީ އދ. ގަނދެތި، ފެހިވިލާ ޝަކުލުﷲ އަލީ ނަމަކަށް ކިޔާ ފިރިހެނަކު ހޯދުމަށެވެ. އޭނާ ހޯދަން ކުރި އިއުލާނާއެކީ ފުލުހުން ބުނީ ޝަކުލުﷲ ހޯދަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. އެ އިއުލާނާގުޅިގެން އޭނާ ދަންނަ މީހުން ވަނީ އޭނާގެ ކަށުނަމާދުގެ މައުލޫމާތު ހިއްސާކޮށް އޭނާ އަކީ މަރުވެފައިވާ މީހެއްކަމަށް ބުނެ […]

އެއްވެސް ނިޒާމަކުން ފައިދާއެއް ނެތް! 

އަޅުގަނޑުމެން ހޭވެރިކަން ވީއްސުރެ ސަރުކާރު   ހިންގަމުން އައީ ޔުނިޓްރީ ނިޒާމަކުން ނެވެ.  ވެރިކަން ކުރަން އިސްލާމް ދީނާއިއެންމެގާތް ނިޒާމަކީ ޔުނިޓްރީ ނިޒާމްކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. ވެރިކަން ކުރައްވާ ބޭފުޅެއްގެ ކިބައިގާ އިޚުލާސްތެރިކަން ނެތީ ވިއްޔާ ކޮންމެ ނިޒާމެއް އޮތަސް ރައްޔިތުންނަށާއިގައުމަށް ވާނެ ފައިދާ އެއް ނުއޮންނާނެކަން ޔަގީނެވެ.       ޔުނިޓްރީ ނިޒާމަކީ 3 ބާރު އެއްވެފައި އޮންނަ ނިޒާމެކެވެ. މި ނިޒާމުގައި ދައުލަތް ހިންގާނީ ވަލިއްޔުލް އަމްރެވެ. ޢަދުލުއިންޞާފު ގާއިމް ކުރުމުގައިވެސް އެންމެ އިސް ފަރާތަކީ ވަލިއްޔުލް އަމްރު އެވެ. ދައުލަތުގެ ކަންކަން […]

މާނައެއްނެތް ބޭކާރު ވާހަކަތަކަށް ކަންބޮޑުވާނެކަމެއް ނެތް! 

އެމެރިކާއިން ރަޝިޔާއަށް ވިޔަފާރީގެ ދަތިކުރުން އިއުލާން ކޮށްފައިވާއިރު ތުރުކީން ރަޝިޔާއާއިކު ވިޔަފާރީގެ ގުޅުން ދަމަހައްޓާނަމަ އަދަބުދެވޭނެކަމަށް އެމެރިކާގެ ޓްރެޝަރީ ޑިޕާރޓްމެންޓުން ކުރި އިންޒާރާމެދު ތުރުކީގެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރުމުން  ”އެއީ އެއްވެސް މާނައެއްނެތް ބޭކާރު ވާހަކައޭ “ ހަމަޖެހިލައިގެން ތިބުމަށް ތުރުކީގެ މާލީ ވަޒީރު ނޫރައްދީނު ނެބާތީ އެގައުމުގެ ވިޔަފާރިވެރިންނަށް ވިދާޅުވެއްޖެއެވެ.  އެމެރިކާގެ އިންޒާރުގައި ތުރުކީގެ އެންމެ ބޮޑު ވިޔަފާރި ގުރޫޕް ޓުސައިޑް އާއި މާލީވުޒާރާއަށް އަމާޒުކޮށް ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިޔާ ރެކިގަތުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރަމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ.       […]

ޕީ.ޕީ.އެމް ޕީއެންސީ ތ.ކިނބިދޫ    ދާއިރާގެ ރައީސްކަމަށް ނަޒާކީ ޒަކީ

ނަޒާކީ ޒަކީ ކޮޅުމަޑުލު ކިނބިދޫ ދާއިރާގެ ޕީޕީއެމްގެ ފަރާތުން އެދާއިރާގެ ރައީސް ކަމުގެ މަގާމްއަށް ކުރިމަތި ލައްވާ އެކަން ރަސްމީގޮތުން ހާމަ ކުރައްވައިފިއެވެ. އެކަން ހާމަކުރައްވާފައިވަނީ ޒަކީގެ ޓުވިޓާ ގަޔާއި އެޕްބީ ގައެވެ.  އެމްޑީޕީ.ގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދުގެ ޅިޔަނު މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) އަކީ މައުމޫނުގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނަސް ނަޝީދު ވެރިކަމަށް ގެނައުމަށް ޖާނާއި މާލުން ބޮޑެތި އެތަކެއް ގުރުބާނީތަވެފައިވާ ނަމޫނާ ވިޔާފާރިވެރި ޕޮލިޓީޝަނެކެވެ.   ކޮޅުމަޑުލު އޮމަދޫ އަށް އުފަން މަޝްހޫރު ނަޒާކީ ޒަކީ އެއަތޮޅު އޮމަދޫ ކަލޭފާނުގެ ދޮށީ ފިރިހެން […]

ޖުޑިޝަރީގެ ތަމްރީނު ވެސް އިންޑިއާގައި ކަންބޮޑުވޭ – މުއިއްޒު 

ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަޙުމަދު މުއިއްޒު ވިދާޅުވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މުވައްޒަފުން ތަކެއް އިންޑިއާ އިން ތަމްރީނުކުރުން އެއި ކަންބޮޑުވާން ޖެހޭކަމެއް ކަމުގައެވެ.  އެހެނީ ދިވެހިރާއްޖޭގެ ޝަރުޢީނިޒާމް ބައްޓަން ވެފައިވަނީ އަދިހިންގެންޖެހެނީ އިސްލާމީ ޝަރުޢީ ގާނޫންއަށް ވަރަށްބޮޑައް ބުރެވެ ޢަދުލުވެރިކަމާއި އެކުގައި ކަމަށްވާތީއާއި އިންޑިއާގެ ގާނޫނުތަކާއި ޢަދުއިލްންސާފުގެ ޙުކުމްތަކުގައި އެއްވެސް ވަރަކަށް އިސްލާމް ދީނުގެ އަސްލަކަށް ޙުކުމްކުރުމުގައި ބަލަން ނުޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އިންޑިއާ އިން ރާއްޖޭގެ ޖުޑިޝަރީ މުވައްޒަފުން ތަކެއް ތަމްރީނު ކުރާތީ އެކަމުގެ ފެންވަރާ މެދުވެއް ސުވާލު ކުރަށްވާފައި ވެއެވެ. ”މިއީ އެއްވެސް ވަރެއްގެ ފައިދާއެއްވާނެ ކަމެއް ކަމަށް ނޭނގޭ.“ […]