ޕީ.ޕީ.އެމް ޕީއެންސީ ތ.ކިނބިދޫ    ދާއިރާގެ ރައީސްކަމަށް ނަޒާކީ ޒަކީ

Loading

Facebook
Twitter
WhatsApp


ނަޒާކީ ޒަކީ ކޮޅުމަޑުލު ކިނބިދޫ ދާއިރާގެ ޕީޕީއެމްގެ ފަރާތުން އެދާއިރާގެ ރައީސް ކަމުގެ މަގާމްއަށް ކުރިމަތި ލައްވާ އެކަން ރަސްމީގޮތުން ހާމަ ކުރައްވައިފިއެވެ. އެކަން ހާމަކުރައްވާފައިވަނީ ޒަކީގެ ޓުވިޓާ ގަޔާއި އެޕްބީ ގައެވެ.

 އެމްޑީޕީ.ގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދުގެ ޅިޔަނު މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) އަކީ މައުމޫނުގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނަސް ނަޝީދު ވެރިކަމަށް ގެނައުމަށް ޖާނާއި މާލުން ބޮޑެތި އެތަކެއް ގުރުބާނީތަވެފައިވާ ނަމޫނާ ވިޔާފާރިވެރި ޕޮލިޓީޝަނެކެވެ. 

 ކޮޅުމަޑުލު އޮމަދޫ އަށް އުފަން މަޝްހޫރު ނަޒާކީ ޒަކީ އެއަތޮޅު އޮމަދޫ ކަލޭފާނުގެ ދޮށީ ފިރިހެން ދަރިފުޅެވެ. އޮމަދޫ ކަލޭފާނަކީވެސް ކަމުންނާއި ނަމުން އަތޮޅުގައި މަޝްޙޫރު ބޭފުޅެކެވެ. 

އެންމެފަހުން ޒަކީ ހުންނެވީ އެމް.ޕީއެލްގެ ޗެއަރމަން ގެ މަގާމުގައެވެ. އެމަނީކުފާނު މަގާމުން އިސްތިއުފާ ދެއްވީ އެކުންފުނީގެ މުވައްޒަފުން ތަކެއް ވައްކަން ކުރަމުން ގެންދާތީވެ އަދި އެކަން ހުއްޓުވުމަށް ސަރުކާރުން އެއްބާރު ނުލިބުމުންނެވެ.

  ނަޒާކީ ޒަކީ އަކީ ރައީސް މައުމޫނުގެ ވެރިކަމުގައި އެސަރުކާރުގެ ފަތިފުށް ”ސަންދާން“ގެ ނަމުގައި ރައްޔިތުންނަށް ކަޝްފުކޮށް ދެއްވި މަޝްހޫރު ސަންދާން ޒަކީވެސް މެއެވެ. އަދި އެމްޑީޕީ ސަރުކާރުގެ ފަރާތުން މެލޭޝިއާއަށް ރާއްޖޭން ކަނޑައެޅުވި ދިވެހި ސަފީރުވެސް މެއެވެ.

ރައީސް ވަހީދުގެ ވެރިކަމުގައިވެސް ޒަކީ ހުންނެވީ މެލޭޝީއަށް ރާއްޖޭން ކަނޑައެޅުއްވި ސަފީރު ކަމުގެ މަގާމުގައެވެ. އެވަޒީފާއިން 2013 ގައި އިސްތިޢުފާދެއްވީ އަމިއްލަ ވިޔާފާރިއަށް އެނބުރި ވަޑައިގަތުމަށެވެ. 

މަޝްހޫރު ލަފާދާރު ވިޔާފާރިވެރިޔާ (އެލިއާ) އަލް މަރުޙޫމް އޮމަދޫ ޢަލީ ޢަބުދު ﷲގެ ބޮޑުބޭބެ ވެސްމެއެވެ.

 ނަޒާކީ މުޙައްމަދު ޒަކީ އަކީ ގައުމަށް ވަފާތެރި ވައްކަމާއި އަނިޔާ އަބަދުވެސް ދެކޮޅު ބޭފުޅެކެވެ. އަދި ސިޔާސީޕޯޑިއަމް ތަކުގައި ސިޔާސީގޮތުން އިތުރުފުޅު ހައްދަވާ މީހުންގެ އަބުރު ކަތިލާ ބޭފުޅެއްވެސް ނުމެނޫނެވެ. 

 ތ.ކިނބިދޫ ދާއިރާގެ ރައީސް ކަމުގެ މަގާމަށް އެމަނިކުފާނު ވާދަކުރަން ނިންމެވީ ދާއިރާގެ މެންބަރުންނާ ގުޅިގެން އަންނަ 2023ގެ ރިޔާސީ އިންތިޚާބު ޕީޕީއެމް،ޕީއެންސީގެ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން އަށް ކާމިޔާބު ކޮށް ދިނުމުގެ ހެޔޮވިސްނުމުގައި ކަމަށް ވިދާޅުވިއެވެ. 

އަދި އެ ދާއިރާގެ ކުރިއެރުމާއި ދާއިރާގެ ލާބައާއި މަންފާއަށްޓަކާ ދާއިރާއަށް އުފަން ދަރިއެއްގެ ގޮތުން މަސައްކަތް ކުރުމުގެ ފުރުޞަތު ދާއިރާގެ މެންބަރުން ލިބިދެއްވީތީއެވެ.

Loading

One Response

  1. ހެޔޮލަފާދާރު މީހުންނަށް ރާއްޖޭގެ ދާއިރާތަކުގެ މަންދޫބުންގެ ގޮތުގައި މަސައްކަތްކުރުމަށް ޕާޓީތަކުންނާއި އެދާއިރާއެއްގެ ތިބޭ ބަޔަކުވެސް ޗާންސްދީގެން ނޫނީ ދެން ގައުމުގެ ވެރިކަން ރަނގަޅެއް ނުކުރެވެނެއެވެ. ކަމުވޮށިގެންވާ މީހުންވެސް ހިނހޫތަނުން ކާލަން ތިބެމުގެ ބަދަލުގައި ޢަމަލީގޮތުން ގައުމުގެ ކަންކަމުގައި ބަސްބުނެ ބައިވެރިވުމުން ކަންކަން ރަނގަޅުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް