މަރުވެފައިވާ މީހަކު ތަހުގީގަށް ހާޒިރުކުރަން އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

މަރުވެފައިވާ މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ތަހުގީގަށް ހާޒިރުކުރުމަށް ފުލުހުން މިއަދު ހެނދުނު އާންމުކުރީ އދ. ގަނދެތި، ފެހިވިލާ ޝަކުލުﷲ އަލީ ނަމަކަށް ކިޔާ ފިރިހެނަކު ހޯދުމަށެވެ.

އޭނާ ހޯދަން ކުރި އިއުލާނާއެކީ ފުލުހުން ބުނީ ޝަކުލުﷲ ހޯދަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.

އެ އިއުލާނާގުޅިގެން އޭނާ ދަންނަ މީހުން ވަނީ އޭނާގެ ކަށުނަމާދުގެ މައުލޫމާތު ހިއްސާކޮށް އޭނާ އަކީ މަރުވެފައިވާ މީހެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. ކަށުނަމާދުގެ މައުލޫމާތުގައި ވާގޮތުން ޝަކުލުއްﷲ ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުގައި ނިޔާވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވީ ކޮވިޑްޖެހިގެންނެވެ.

މި މައްސަލައާއި ގުޅިގެން ގިނަ ބަޔަކު ފުލުހުންނަށް ފާޑުކިޔަމުން ފުލުހުންނަށް ކުރިމަތިވުމުން މިހާރު ވަނީ ޝަކުލުﷲ ހޯދުމަށް ކުރި އިއުލާން ނަގާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް